ޓްރީޓޮޕް މެޑިކަލް ކޭމްޕުގެ ޑޮކްޓަރުން ކުޑަހުވަދޫގައި
އެޑްމިން
މި މަހުގެ 16 އަދި 17 ވަނަ ދުވަހު ދ.އަތޮޅު ހޮސްޕިޓަލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މެޑިކަލް ކޭމްޕުގެ، ޓްރީޓޮޕްގެ ޓީމު ކުޑަހުވަދޫއަށް މިއަދު ވަޑައިގެންފިއެެވެ. ޓްރީޓޮޕްގެ ޓީމަށް ކުޑަހުވަދޫއިންވަނީ ހޫނު މަރުޙަބާއެއް ކިޔާފައިވާއިރު، އެ ރަސްމިއްޔާތުގައި ކުޑަހުވަދޫ ކައުންސިލާއި، އަތޮޅު ކައުންސިލުގެ އިތެރުން ދ. އަތޮޅުހޮސްޕިޓަލުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ކޭމްޕަކީ ކުޑަހުވަދޫ ކައުންސިލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ކުޑަހުވަދޫގެ އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ބޭއްވޭ ކޭމްޕެކެވެ. ކޭމްޕުގައި ޚިދުމަތް ދެއްވުމަށް 8 ސްޕެޝަލިސްޓުން ހަމަޖެހިފައިވެއެވެ. އެގޮތުން ޔޫރޮލޮޖީ، ގައިނޮކޮލޮޖީ އެންޑް ފާޓިލިޓީ، ސޯލްޑަރ އެންޑް ސްޕޯޓްސް މެޑިސިން، އޮފްތަލްމޮލޮޖީ، ޑާމެޓޮލޮޖީ، ޖެނެރަލް ސާޖަރީ، އޮތޮޕެޑިކްސް އަދި އީ.އެން.ޓީގެ ސްޕެޝަލިސްޓުން ހިމެނެއެވެ.
ޑޮކްޓަރުންނަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް ނަން ނޯޓުކުރުމުގެ ފުރުޞަތު މިރޭ 9:30 ގައިވަނީ ހަމަވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް