ކުޑަހުވަދޫ ފަރުމައްޗަށް ލައްވެފައިވާ ހޮޅި ނެގުމަށް ދާއިރާގެ މެންބަރު ޙުސައިން ގެ އިލްތިމާސް.
ގާތްގަނޑަކަށް ދިގުމިނުގައި 100 ފޫޓު، އުސްމިނުގައި 7 ފޫޓު އަދި ބޯމިނުގައި 3 ނުވަތަ 4 އިންޗި ހުންނަ، މި ހޮޅި ކުޑަހުވަދޫ ފަރުމައްޗަށް ލައްވެފައިވާކަން ފާހަގަކުރެވިފައިވަނީ އެޕްރީލްމަހުގެ ކުރީކޮޅުގައެވެ.
މުޙައްމަދު އަމްޖަދު
ކުޑަހުވަދޫ ފަރުމަށްޗަށް ލައްވެފައިވާ ބޮޑު ހޮޅިއެއް، ފަރުމަތިން ނެގުމަށް ކުޑަހުވަދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަލްފާޟިލް ޙުސައިން ޙަމީދު އިލްތިމާާސްކުރަށްވައިފިއެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި، ކުޑަހުވަދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ފާހަގަކުރަށްވާފައިވާ ގޮތުގައި، ހޮޅި ފަރުމަތިން ނެގުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ތިމާވެށީގެ ގޮތުން ފަރަށް ލިބިދާނޭ ގެއްލުމަކުން ސަލާމަތްކުރުމަށް ކޮންމެވެސް ބަޔަކު ކުރުން ވަރަށް މުހިއްމުކަމެއް ކަމުގައި ދެކިލައްވާކަަން ފާހަގަކުރެއްވިއެވެ. އަދި ހަމައެހެންމެ އެ ހޮޅި އަކީ އޭގެއިން ވަރަށް ގިނަ ކަންކަން ކުރެވިދާނޭ އެއްޗެއްކަންވެސް މެމްބަރު ފާހަގަކުރަށްވާފައިވެއެވެ.
ކުޑަހުވަދޫ ދާއިރާގެ މެމްބަރަކީ، ކުޑަހުވަދޫގެ ކުރިއެރުމާއި ލާބަޔަށް ކުރެވޭ މަސައްކަތުގައި އަބަދުވެސް ބައިވެރިވާ ހިތްވަރުދެއްވައި އިރުޝާދުދެއްވާ ފަރާތެއްކަން ފާހަގަކުރެވެއެވެ.
މީސްމީޑިއާގައި އެމް.ޕީގެ ވީޑިއޯ ދައުރުވުމުުގެ ކުުރިންވެސް ހޮޅިގެނައުމުގެ މަސައްކަތް ކުޑަހުވަދޫ ކައުންސިލުން ކޮށްފައިވެއެވެ. ގާތްގަނޑަކަށް ދިގުމިނުގައި 100 ފޫޓު، އުސްމިނުގައި 7 ފޫޓު އަދި ބޯމިނުގައި 3 ނުވަތަ 4 އިންޗި ހުންނަ، މި ހޮޅި ކުޑަހުވަދޫ ފަރުމައްޗަށް ލައްވެފައިވާކަން ފާހަގަކުރެވިފައިވަނީ މާރޗުމަހުގެ ތެރޭގައެވެ. މި ހޮޅި، އިއްޔަ ހަވީރުގެ ވަގުތެއްގައި ވަނީ ކުޑަހުވަދޫއަށް ގެނެސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް