ދީން
ތިބާއަކީ ރަނގަޅު މީހެއް!
ތިބާ މިދުނިޔޭގެ ޙަޔާތް ފެށީ އެއްވެސް ކުށެއް ނެތް މަޢުސޫމު އިންސާނެއްގެ ގޮތުގައެވެ. އޭގެފަހުން ތިޔަމަޢުސޫމު އިންސާނާ ތަރުބިއްޔަތު ކުރުމުގެ ޒިންމާވަނީ، އޭގެން ބަރީޢަ ނުވެވޭނެގޮތަށް ބަޔަކާއި ޙަވާލު ކޮށްފައެވެ.
ތިބާ މިދުނިޔޭގެ ޙަޔާތް ފެށީ އެއްވެސް ކުށެއް ނެތް މަޢުސޫމު އިންސާނެއްގެ ގޮތުގައެވެ. އޭގެފަހުން ތިޔަމަޢުސޫމު އިންސާނާ ތަރުބިއްޔަތު ކުރުމުގެ ޒިންމާވަނީ، އޭގެން ބަރީޢަ ނުވެވޭނެގޮތަށް ބަޔަކާއި ޙަވާލު ކޮށްފައެވެ. އެއީ ތިބާގެ މައިންބަފައިންނެވެ. އެފުރިހަމަ ޒިންމާ މައިންބައިންގެ ބޮލުގައި އެޅުއްވި ފަރާތުން އެކަމުގެ ހަދިޔާވެސް އެމީހުންނަށް ދެއްވާނެ ކަމަށްވަނީ ވަޢުދުވެވޮޑިގެންފައެވެ. އެއީ ނިމުމެއް ނުވާ ހެޔޮ އަޖުރެވެ. ތިބާއަށް އުނި ވުމެއްނެތި ތިބާގެ ލޮބުވެތި މަންމައާއި ބައްޕައަށް ލިބިގެންދާނެ ދަރުމައާއި ޘަވާބެވެ. ތިބާއަށް، ތިބާގެ މަންމައާއި ބައްޕައަށް ދެވޭނެ އެންމެ އަގު ބޮޑު ހަދިޔާއަކީ އެއީއެވެ. ތިބާ ރަނގަޅު މީހެއްގެ ގޮތުގައި މި ދުނިޔޭގައި އުޅުމެވެ.
ލޮބުވެތި އަޚާއެވެ. މާތްالله އެއްކައުވަންތަކޮށް އެކަލާނގެއަށް މަޢުރިފާކޮށް އަޅުކަން ކުރާނެ ގޮތް ދަސްކުރާށެވެ. އަދި އަޅުކަމުގައި ހީވާގި ވާށެވެ. ތިބާގެ އެންމެހާ ޢަމަލުތަކެއްގެ ކުރިޔަށް އިޚްލާޞްތެރިކަން އިސްކުރާށެވެ. އަބަދުވެސް ޙަޤީޤަތް ހާމަކޮށް، މީހުންގެ އިތުބާރު ލިބި ލިބި ހުންނަ މީހަކަށްވާށެވެ. އޯގާތެރިކަމާއި، ރަޙުމްކުރުމާއި، މަޑުމައިތިރިކަމާއި، މަޢާފުކުރުމާއި، އެހެން މީހުންނަށް އެހީތެރިވުމަކީ ތިބާގެ ފިޠުރަތުގައި ލައްވާފައިވާ ކަންކަމެވެ. އެކަންތައްތައް ނެރި އަނެކުންނާއި ހަމައަށް ފޯރޮކޮށްދޭށެވެ. ތިބާއަށް ދިރިއުޅުމުގައި ކުރިމަތިވާ ކޮންމެ ވޭނަކާއި ނުތަނަވަސް ކަމެއްގެ ފަހަތުގައިވަނީ، ތިބާގެ ވެރި ރައްބުގެ ފުއްސެވުމާއި ރުއްސެވުންކަން އަބަދުމެ ހަނދާނުގައި ބަހައްޓާށެވެ. ކޮންމެ ދަތި އުނދަގުލެއްގެ ކުރިމަތީގައި މަޑުމޮޅިވެ ސާބިތުވާށެވެ. އިސާހިތަކު އެކަން ތިބާ ދޫކޮށްފައި ހިނގައިދާނެއެވެ. ބޮޑާކަމާއި ކިބުރުވެރިކަމަކީ ތިބާ ދަންނަ އެއްޗަކަށް ނުހަދާށެވެ. އެންމެނާއި މެދުގައިވެސް އެންމެ ޢަދުލު އިންސާފުން ފައިސާލާ ކުރާށެވެ. ތިބާ ފެންނަ ކޮންމެ މީހަކަށްވެސް ތިއީ ފަޚްރުވެރި މުސްލިމު ޝަޙްސެއްކަން ދައްކުވައިދޭށެވެ. ކުރިމަތިވާ އެންމެހާ ނޭގާނީ ކަންތަކާއި ފާޙިޝް ޢަމަލުތަކަށް ކެރިގެން ނޫނެކޭ ބުނުމަށް ނަފުސު ހާނުވާށެވެ. ތިބާގެ ތިޔަފަރި ހިނިތުންވުމާއި، ހެޔޮ ބަސްތަކުން އަނެކުން ހެއްވާލާށެވެ. ކީރިތި ޤުރްއާނަކީ ތިބާގެ ޙަޔާތަށް އަލިކޮށްދޭ ދަންމަރަށް ހަދާށެވެ. މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلمގެ ބަސްފުޅުތަކާއި، ޢަމަލުފުޅުތަކާއި، އެކަލޭގެފާނުގެ ހުރިހާ ޢިޤުރާރުތަކަކީ، ތިބާގެ ދިރިއުޅުމުގެ ރާސްތާކަމުގައި ހަދާށެވެ. އޭރުން ތިބާގެ މިވަގުތީ ޙަޔާތް ނިމުމަށްފަހު، ތިބާގެ ނަން މީސްތަކުންގެ ދޫތައްމަތިން ރަނގަޅު މީހެއްގެ ގޮތުގައި ޒިކުރު ކުރެވޭނެއެވެ. އިންޝާ الله
ލިޔުންތެރިޔާ
ރިޟާ
މިހާތަނަށް ކޮމެންޓެއް ނެތް
މެސީގެ ހެޓްރިކަކާއި ބޮޑު ބަހުސެއް: ކާޑެއް ނުދެއްކީ ކީއްވެ؟
17 June 2026
0
އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށް ގަރާޖު ހުއްދަ ދޫކުރުމުގެ އުސޫލުތަކަށް ސަމާލުވުމަށް ކުޑަހުވަދޫ ކައުންސިލުން އަންގައިފި
10 June 2026
0
އެފްއޭއެމް އިން ހުރާއަށް ތަށިދީފި: ހުރާ ސަޕޯޓަރުން ކުޑަހުވަދޫއަށް މަލާމާތްކޮށްފި!
09 June 2026
0
ކުޑަހުވަދޫގައި ހުޅުވުނު "ސިޕްޓޮޕިއާ" އާއެކު ބުއިންތަކުގެ ރަހަތަކަށް އާ އިންގިލާބެއް!
09 June 2026
0
ކުޑަހުވަދޫ ހިއްކި ބިމުގައި ގެދޮރު ބިނާކުރުން ބާރުދުވެލީގައި: އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓު ނުލިބުން!
04 June 2026
1
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0