ޚަބަރު
ކުޑަހުވަދޫ ހިމެނޭހެން 9 ރަށެއްގައި ޤުރުއާން ހިތުދަސްކުރާ މީހުންގެ ދަފްތަރެއް އެކުލަވާލަނީ
ދ.ކުޑަހުވަދޫ ހިމެނޭހެން 9 ރަށެއްގައި ޤުރުއާން ހިތުދަސްކުރާ މީހުންގެ ދަފްތަރެއް އެކުލަވާލުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
ދ.ކުޑަހުވަދޫ ހިމެނޭހެން 9 ރަށެއްގައި ޤުރުއާން ހިތުދަސްކުރާ މީހުންގެ ދަފްތަރެއް އެކުލަވާލުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
އެގޮތުން، އަންނަ މެއި މަހު ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު އަތޮޅުތެރޭގައި ފެށުމަށް އެ ވުޒާރާއިން ވަނީ ނިންމާފައެވެ.
ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު ކުރިއަށްގެންދާނެ ރަށްރަށް:
– ހއ. ދިއްދޫ
– ހދ. ކުޅުދުއްފުށި
– ރ. އުނގުފާރު
– ބ. އޭދަފުށި
– އއ. ފެރިދޫ
– ދ. ކުޑަހުވަދޫ
– ގދ ތިނަދޫ
– ލ. ގަން
– ސ. ހިތަދޫ
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަައީދު ވިދާޅުވީ މާލެ އާއި އަތޮޅުތަކުގެ ޤުރުއާން މަރުކަޒާއި އަމިއްލަ އިންސްޓިޓިއުޓްތަކާއި ކްލާސްތަކުގައި 700 އަށް ވުރެ ގިނަ ދަރިވަރުން ޤުރުއާން ހިތުދަސްކުރަމުންދާކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެއިތުރުން، އަންނަ މެއި މަހުން ފެށިގެން ޤުރުއާނާ ބެހޭ މަރުކަޒުން މުސާރަދޭ ގޮތަށް މަރުކަޒުގެ ގޮފިތަކަށް މުދައްރިސުން ހަމަޖެހޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
ލިޔުންތެރިޔާ
އެޑްމިން
މިހާތަނަށް ކޮމެންޓެއް ނެތް
'އުޚްތީ' ހެދުންވިއްކާ އައުފިހާރައެއް މިރޭ ކުޑަހުވަދޫގައި ހުޅުވަނީ
23 May 2026
0
މެޗުން މޮޅުވީ ކުޑަހުވަދޫ، މައްސަލައަށްފަހު މުބާރާތުގެ ތަށި ހުރައަށް!
23 May 2026
0
މިފަހަރު ޢީދަށް ކުޑަހުވަދޫއަށް ދާންވީ ސަބަބުތަކަށް ބަލާލަމާ!
22 May 2026
0
ކުޑަހުވަދޫއިން ހުރާ ބަލިކޮށް ބީ.އެމް.އެލް ސެންޓްރަލް ރީޖަންގެ ޗެމްޕިއަންކަން ހޯދައިފި
22 May 2026
2
ފެނަކަ ކުޑަހުވަދޫ ބުރާންޗަށް އައު ޖަނަރޭޓަރެއް ގެނެސްފި.
19 October 2025
4
"ރޯސް ބްލޫމްސް" ދ.ކުޑަހުވަދޫގައި މާ ވިއްކާ ފިހާރައެއް ހުޅުވައިފި
18 October 2025
2