ތައުލީމް
ބެކްޓީރިއާ
ބެކްޓީރިއާއޭ ބުނުމުން ތިޔަ ބޭފުޅޫންގެ ހިތްތަކަށް އެންމެ ފުރަތަމަ އަންނަނީ ކޮން އެއްޗެއް ތޯއެވެ؟ ހަމަ ޔަޤީނުންވެސް، ގިނަ ބޭފުޅުންގެ ހިތްތަކަށް އަންނާނީ ޓީބީ، ކޮލެރާ ފަދަ ބަލި ޖައްސާ ބިރުވެރި ޖަރާސީމެކެވެ. އެއީ އޭގެ ނަން ގަނެލުމުން ވެސް މީހުންގައިން ހީބިހި ނަގާފަދަ ނުރައްކާތެރި އެއްޗެކެވެ. އެހެންނަމަވެސް މިއީ މުޅިއެކުން ބެކްޓީރިއާގެ ޙަޤީޤަތެއް ނޫނެވެ.
ބެކްޓިރިއާ އަކީ އެންމެ ސެލް އަކުން އުފެދިފައިވާ ލޮލަށް ފެންނަވަރަށްވުރެއް ކުޑަ ދިރޭ އެއްޗެކެވެ. ވަށައިގެންވާ މާހައުލުގައްޔާއި، ހަށިގަނޑުގެ ތެރޭގައި އެތައް ހާސް ބެކްޓީރިއާއެއް އުޅޭއިރު ބެކްޓީރިއާގެ ބައެއް ވައްތަރުތަކުން އިންސާނުންނަށް ގެއްލުންވާނޭފަދަ ތަފާތު ބަލިތައް ޖައްސައެވެ. ނަމަވެސް، މި ކުޑަކުޑަ ދިރޭ އެތީގެ އެކި ވައްތަރުތަކުން އެތައްގޮތަކުން އަހަރުމެންނަށް ފައިދާ ވެސް ކުރެއެވެ.
އެންމެ ފުރަތަމަ، އަޅުގަނޑުމެންގެ ވަށައިގެންވާ މާހައުލާމެދު ފިކުރު ހިންގާލާށެވެ. މި ވެށީގެ ފުރިހަމަކަން ދަމަހައްޓައި ދިނުމުގައި ބެކްޓީރިއާ އަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. މަރުވެފައި ހުންނަ ދިރޭތަކެތި ހަޖަމްކޮށްގެން، އޭގައިހުންނަ މާއްދާތައް ގަސްގަހާގެހީގެ ކާނާގެ ގޮތުގައި ބޭނުންކުރެވޭނޭ ފަދަ "ނިއުޓްރިއެންޓް މޮލިކިއުލްސް" އަށް ހަދައިދިނުމުގައި ބެކްޓީރިއާގެ ބައެއް ވައްތަރުތައް އެހީވެދެއެވެ. މިފަދަ ބެކްޓީރިއާ އަށް ކިޔަނީ "ޑީކޮމްޕޯޒިންގް ބެކްޓީރިއާ" އެވެ. މަރުވެފައިވާ ތަކެތި ކުނިކުރާ ބެކްޓީރިއާ އެވެ. ޑީކޮމްޕޯޒިންގް ބެކްޓީރިއާ ދޫކުރާ އެންޒައިމްސްގެ ސަބަބުން މަރުވެފައިވާ ދިރޭތަކެތީގެ ހުންނަ ބޮޑެތި މާއްދާތައް ގަސްގަހާގެއްސަށް ބޭނުންކުރެވޭފަދަ ކުދި މާއްދާތަކަށް ހަދައެވެ. ގަސްގަހާގެހީގެ ފުރިހަމަ ހެދިބޮޑުވުމަށް މިއީ މަޖުބޫރު ކަމެކެވެ.
ދެން އަޅުގަނޑުމެން ބޭނުންކުރާ ބައެއް އުފެއްދުންތަކަށް ބަލާލަމާތޯއެވެ. ޔޯގަރޓަކީ ކިރުން ތައްޔާރު ކުރާ ކާނާއެއްކަން ގިނަ ބޭފުޅުންނަށް އިނގޭނެއެވެ. ނަމަވެސް، ކިރާއި ތަފާތުކޮށް ޔޯގަރޓްގެ ހުންނަ އޮލަކަން ގެންނަނީ ކިހިނެއްހެއްޔެވެ؟ އާނއެކެވެ. މިކަމުގެ ފަހަތުގައި ވެސް ވަނީ ބެކްޓީރިއާއެކެވެ. ބެކްޓީރިއާގެ ވައްތަރެއް ކަމުގައިވާ "ސްޓްރެޕްޓޮކޮކަސް ތަރމޮފިލަސް" އަދި "ލެކްޓޮބެސިލަސް ބަލްގޭރިކަސް" ޔޯގަރޓް ހެދުމަށް ބޭނުންކުރެއެވެ. މިބެކްޓީރިއާ ކިރުގެ ތެރެއަށް ދޫކުރާ ލެކްޓިކް އެސިޑްގެ ސަބަބުން ކިރުގެ އެސިޑިޓީއަށް ބަދަލު އާދެއެވެ. މީގެސަބަން ކިރު އޮލަވެ ޔޯގަރޓަށް ވެގެންދެއެވެ. ޔޯގަރޓްގެ ތާޒާކަމާ، މީރު ރަހަ ދެމެހެއްޓުމުގެ ސިއްރަކީ ބެކްޓީރިއާއެވެ.
މީގެ އިތުރުން ބެކްޓީރިއާއަކީ ބޭސްވެރިކަމުގައި ވެސް ވަރަށް ބޭނުންތެރި އެއްޗެކެވެ. ބައެއް ބެކްޓީރިއާ، އޭގެ މާހައުލުގައިވާ އެހެން ބެކްޓީރިއާ މަރާލުމުގެ ގޮތުން "އެންޓިބަޔޮޓިކްސް" ކިޔާ ކެމިކަލް އެއް އުފައްދައެވެ. މި ފަދަ ކެމިކަލްތައް ވަނީ ބޭސްވެރިންނަށް ވަރަށް މުހިންމު އެއްޗަކަށެވެ. އެ އެއްޗިހި ބޭނުންކޮށްގެން، ބޭސްވެރިން ބޭސް ތައްޔާރުކޮށް، އެހެން ބަލިތަކުގެ ފަރުވާއަށް ބޭނުންކުރެއެވެ.
ބެކްޓީރިއާގެ ސަބަބުން ބޭސްވެރިކަމަށް ކުރި އެންމެ ބޮޑު އެއް ފައިދާ އަކީ ބެކްޓީރިއާ ބޭނުންކޮށްގެން އިންސިއުލިން ތައްޔާރު ކުރުމެވެ. އިންސިއުލިން އަކީ އަޅުގަނޑުމެންގެ ލޭގައި ހަކުރު ހުންނަންވާ މިންވަރަށް ބެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ހަކުރު ބަލީގެ ސަބަބުން ގުދުރަތީގޮތުން ހަށިގަނޑުގައި އިންސިއުލިން އުފެއްދުމުގައި މައްސަލަތައް ދިމާވުމުން އިންސިއުލިން ޖެހެނީ ހަށިގަނޑަށް އެތެރެކުރާށެވެ. މިގޮތަށް ހަށިގަނޑަށް އެތެރެކުރާ އިންސިއުލިން އުފެއްދުމުގައި ބެކްޓީރިއާ ބޭނުންކުރުން އެއީ ބޭސްވެރިކަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
ބެކްޓީރިއާ އެކީ އެއާ މެދު ވިސްނާ މީހަކަށް ޢިބުރަތެކެވެ. މާތް ﷲ ގެ ކުޅަދުންވަންތަކަން ހާމަކޮށްދޭ ހެއްކެކެވެ. އެކަލާނގެ، ކޮންމެ ދިރުމެއް ވެސް ގުދުރަތީ ނިޒާމުގެ ތެރެއިން ލައްވާފައިވާލެއް ފުރިހަމަކަން ފެނިގެންދާ މިސާލެކެވެ. ބެކްޓީރިއާގެ މި މިސާލުތަކަށް ބަލާލުމުން ދޭހަވަނީ ބެކްޓީރިއާ އަކީ ހަމައެކަނި އިންސާނުނަށް ގެއްލުންދޭ އެއްޗެއް ނޫންކަމެވެ. އެތައްގޮތަކުން އެކުޑަ ދިރުން އަހަރުމެންނަށް ފައިދާކުރާކަމެވެ. ހަމަލޮލަށް ނުފެނުނެއް ކަމަކު އެއީ ބޭނުންތެރި ދިރުމެއްކަން ޔަޤީންވެއެވެ.
(ލިޔުންތެރިޔާ: ހައްވާ މިޝްކާ ޢަލީ)
ލިޔުންތެރިޔާ
އެޑްމިން
މިހާތަނަށް ކޮމެންޓެއް ނެތް
މެސީގެ ހެޓްރިކަކާއި ބޮޑު ބަހުސެއް: ކާޑެއް ނުދެއްކީ ކީއްވެ؟
17 June 2026
0
އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށް ގަރާޖު ހުއްދަ ދޫކުރުމުގެ އުސޫލުތަކަށް ސަމާލުވުމަށް ކުޑަހުވަދޫ ކައުންސިލުން އަންގައިފި
10 June 2026
0
އެފްއޭއެމް އިން ހުރާއަށް ތަށިދީފި: ހުރާ ސަޕޯޓަރުން ކުޑަހުވަދޫއަށް މަލާމާތްކޮށްފި!
09 June 2026
0
ކުޑަހުވަދޫގައި ހުޅުވުނު "ސިޕްޓޮޕިއާ" އާއެކު ބުއިންތަކުގެ ރަހަތަކަށް އާ އިންގިލާބެއް!
09 June 2026
0
ކުޑަހުވަދޫ ހިއްކި ބިމުގައި ގެދޮރު ބިނާކުރުން ބާރުދުވެލީގައި: އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓު ނުލިބުން!
04 June 2026
1
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0