ސަގާފަތުގެ ނަމުގައި ސަރުކާރުން އަންހެންވެރިން ނެރެގެން ނެއްޓުވުން ކުށްވެރި ކުރަން - ޝެއިޚް ފިކުރީ
އެޑްމިން
ސަގާފަތާއި ޤައުމިއްޔަތު ނަމުގައި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ހިންގާ މުންކަރާތްތަކާއި މެދު ކަންބޮޑުވެ ހިތާމަ ކުރައްވާ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިއެއް ކަމަށްވާ އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.
ޝެއިޚް ފިކުރީ މިހެން ވިދާޅުވެފައިވަނީ މިއަދު އެކްސްގައި ލިޔުއްވާފައިވާ ބަސްކޮޅެއްގައެވެ.
" ސަގާފަތާއި ޤައުމިއްޔަތުގެ ނަމުގައި ދައުލަތުގެ ވުޒާރާތަކާއި ކައުންސިލުތަކުން އީދު ކުޅިވަރުގެ ނަމުގައި ދެޖިންސު މަސްހުނިކޮށް އަންހެންވެރިން ނެރެގެން ނައްޓުވައިގެން ހިންގާ މުންކަރާތްތައް ދިރުވާ އާލާ ކުރުމަކީ ހިތާމަހުރި ކަމެއް" ޝެއިހު ފިކުރީ ކަންބޮޑުވުން ފާޅުކުރައްވަމުން ލިޔުންވާފައިވެއެވެ.

އަދި މި މުންކަރާތްތައް ހުއްޓާލުމަށް ޝެއިޚް ވަނީ ދައުލަތަށް ގޮވާލައްވާފައެވެ.
އެކްސް ގައި ލިއުއްވާފައިވާ ލިޔުންކޮޅު ނިންމަވާ ލައްވާފައިވަނީ ކުރިއަށް މިއޮތް ޙައްޖުމަހުގެ ދުވަސްތަކުގައި އީދު ކުޅިވަރުގެ ނަމުގައި ހިންގާ ފާހިޝް މުންކަރާތްތަކުގައި ބައިވެރިނުވުމަށް އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ނަސޭހަތެރިވަމުންނެވެ.
މިއަހަރުވެސް ރަސްމީކޮށް ސަރުކާރުން ބޮޑު ޢީދު ތިން ރަށެއްގައި ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް