ޚަބަރު
9 ޓީމާއިއެކު ކުޑަހުވަދޫ ބޮޑުޢީދު ފުޓްސަލް ޗެލެންޖު އިފްތިތާޙްކޮށްފި
ޖުމުލަ 9 ޓީމުގެ ބައިވެރިވުމާއިއެކު ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގެ ލޯގޯ އިފްތިތާޙުކޮށްދެއްވީ ޝަރަފުވެރި މެހެމާން ދ.އަތޮޅު ކައުންސިލުގެ ރައީސް އަޙްމަދު ޝާފިޢުގެ އިތުރުން ކުޑަހުވަދޫ ކައުންސިލުގެ ރައީސް ޖާދުﷲ ޙަމީދު އެވެ. ލޯގޯއިން ދިވެހިންގެ ޢީދު އަދި ސަޤާފަތް ރަމްޒުކޮށްދެއެވެ. ލޯގޯ ފަރުމާކޮށްފައިވަނީ މޮނޮކްސް ސްޓޫޑިއޯ އިންނެވެ.
ކުޑަހުވަދޫ ބޮޑުޢީދު ފުޓްސަލް ޖެލެންޖު އަދި މުބާރާތުގެ ލޯގޯ ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. ރޭ ވިއޯލާ ރެސްޓޯރެންޓަގައި ބުރަދާސް ޢެކަޑަމީއިން ބޭއްވި ހަފުލާގައި މުބާރާތް އިފްތިތާޙު ކޮށްދެއްވީ އަތޮޅު ކައުންސިލުގެ ރައީސް އަލްފާޟިލް އަޙްމަދު ޝާފިޢުއެވެ.
މުބާރާތް އިފްތިތާޙް ކޮށްދެއްވަމުން ޝާފިޢު ދެއްކެވި ވާހަކަފުޅުގައި، ބުރަދާސް އެކަޑަމީއިން ކުޑަހުވަދޫގެ ކުޅިވަރު ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތަށް ފާހަގަކޮށް ޝުކުރު އަދާކޮށް ހިތްވަރު ދެއްވިއެވެ. އަދި މިފަދަ ކަންކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނޭކަން ފާހަގަކުރެއްވިއެވެ. މިފަދަ މުބާރާތެއް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދިއުމަށް ޓީމުތަކުން ކުޅިވަރުގެ ރޫޙާއި އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށްވެސް ޝާފިޢު އެދިލެއްވިއެވެ.

ޖުމުލަ 9 ޓީމުގެ ބައިވެރިވުމާއިއެކު ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގެ ލޯގޯ އިފްތިތާޙުކޮށްދެއްވީ ޝަރަފުވެރި މެހެމާން ދ.އަތޮޅު ކައުންސިލުގެ ރައީސް އަޙްމަދު ޝާފިޢުގެ އިތުރުން ކުޑަހުވަދޫ ކައުންސިލުގެ ރައީސް ޖާދުﷲ ޙަމީދު އެވެ. ލޯގޯއިން ދިވެހިންގެ ޢީދު އަދި ސަޤާފަތް ރަމްޒުކޮށްދެއެވެ. ލޯގޯ ފަރުމާކޮށްފައިވަނީ މޮނޮކްސް ސްޓޫޑިއޯ އިންނެވެ.
މުބާރާތް ތަޢާރަފު ކޮށްދެއްވަމުން ބުރަދާސް އެކަޑަމީގެ ރައީސް އިސްމާޢީލް ޢާދިލް ފާހަގަކުރެއްވި ގޮތުގައި މިއީ ފެށުމެކެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް މި މުބާރާތް އޮންނާނެކަން ވަނީ އިޢުލާނުކޮށްފައެވެ. މިފަދަ މުބާރާތެއް ކުޑަހުވަދޫގައި 9 ވަރަކަށް އަހަރު ކުރިއަށް ގެންގޮސްފައިވާ ގޮޅި ސްޕޯޓްސްއަށް އާދިލް ވަނީ ޝުކުރު ދަންނަވާފައެވެ.
ރޭގެ ހަފުލާގައި މުބާރާތުގެ ޓީމުތަކުގެ މެނޭޖަރުންގެ އިތުރުން ރަށުގެ ބައެއް މުވައްސަސާތަކުގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގެންފައެވެ.
ލިޔުންތެރިޔާ
މުޙައްމަދު އަމްޖަދު
މިހާތަނަށް ކޮމެންޓެއް ނެތް
'އުޚްތީ' ހެދުންވިއްކާ އައުފިހާރައެއް މިރޭ ކުޑަހުވަދޫގައި ހުޅުވަނީ
23 May 2026
0
މެޗުން މޮޅުވީ ކުޑަހުވަދޫ، މައްސަލައަށްފަހު މުބާރާތުގެ ތަށި ހުރައަށް!
23 May 2026
0
މިފަހަރު ޢީދަށް ކުޑަހުވަދޫއަށް ދާންވީ ސަބަބުތަކަށް ބަލާލަމާ!
22 May 2026
0
ކުޑަހުވަދޫއިން ހުރާ ބަލިކޮށް ބީ.އެމް.އެލް ސެންޓްރަލް ރީޖަންގެ ޗެމްޕިއަންކަން ހޯދައިފި
22 May 2026
2
ފެނަކަ ކުޑަހުވަދޫ ބުރާންޗަށް އައު ޖަނަރޭޓަރެއް ގެނެސްފި.
19 October 2025
4
"ރޯސް ބްލޫމްސް" ދ.ކުޑަހުވަދޫގައި މާ ވިއްކާ ފިހާރައެއް ހުޅުވައިފި
18 October 2025
2