ޚަބަރު
ކުރިއަށް 3 ދުވަހު މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެދާނެ ކަމަށް ލަފާކުރެވޭ
ދިވެހިރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު، ލަފާކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް 3 ދުވަހު )18 މެއި - 20 މެއި( މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް މޫސުން ގޯސްވެދާނެއެވެ.
ދިވެހިރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު، ލަފާކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް 3 ދުވަހު (18 މެއި - 20 މެއި) މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް މޫސުން ގޯސްވެދާނެއެވެ. އަދި މިއީ ހުޅަނގު މޫސުމުގެ ބާރު ގަދަވަމުން އަންނާތީވެ މޫސުމަށް އަންނަ ބަދަލެއްކަން ފާހަގަކޮށްފައިވެއެވެ.
ދިވެހިރާއްޖެއަށް ޢާއްމު ގޮތެއްގައި ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފަށަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ ހިސާބުގައެވެ. އެ އިދާރާއިން ހިއްސާކޮށްފައިވާ މޫސުމާއި ބެހޭ ޚަބަރުގައި ބުނެފައިވަނީ، މި ވިއްސާރައިގައި ހާއްސަކޮށް މެދުރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު މިއަދުގެ މެންދުރު ފަހުން ފެށިގެން ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރުން އެކަށީގެންވެއެވެ. މީގެ އިތުރުން ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ކަނޑު އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވެއެވެ.
ހުޅަނގުގެ މި ދުވަސްވަރަކީ މޫސުމަށް ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. މި ދުވަސްވަރު ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާއި ބެހޭ ފަރާތްތަކުން އިލްތިމާސްކުރެ އެވެ.
ލިޔުންތެރިޔާ
އެޑްމިން
މިހާތަނަށް ކޮމެންޓެއް ނެތް
'އުޚްތީ' ހެދުންވިއްކާ އައުފިހާރައެއް މިރޭ ކުޑަހުވަދޫގައި ހުޅުވަނީ
23 May 2026
0
މެޗުން މޮޅުވީ ކުޑަހުވަދޫ، މައްސަލައަށްފަހު މުބާރާތުގެ ތަށި ހުރައަށް!
23 May 2026
0
މިފަހަރު ޢީދަށް ކުޑަހުވަދޫއަށް ދާންވީ ސަބަބުތަކަށް ބަލާލަމާ!
22 May 2026
0
ކުޑަހުވަދޫއިން ހުރާ ބަލިކޮށް ބީ.އެމް.އެލް ސެންޓްރަލް ރީޖަންގެ ޗެމްޕިއަންކަން ހޯދައިފި
22 May 2026
2
ފެނަކަ ކުޑަހުވަދޫ ބުރާންޗަށް އައު ޖަނަރޭޓަރެއް ގެނެސްފި.
19 October 2025
4
"ރޯސް ބްލޫމްސް" ދ.ކުޑަހުވަދޫގައި މާ ވިއްކާ ފިހާރައެއް ހުޅުވައިފި
18 October 2025
2