ޚަބަރު
އޮޑިޝަނުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި
ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ ޤުރްއާން މުބާރާތުގައި، ޔުނައިޓެޑު އިސްލާމިކް ސޮސައިޓީގެ ފަރާތުން ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެެވެ. އެގޮތުން އެޖަމްޢިއްޔާއިން ކޮށްފައިވާ އިޢުލާނުގައި އޮޑިޝަނުގައި ބައިވެރިވުމަށް 2025 ޖުލައި 4 ގެ ކުރިން ފޯމު ފުރިހަމަ ކުރަންޖެހެއެވެ.
ކުޑަހުވަދޫގެ ރައްޔިތުންނަށާއި ކުޑަހުވަދޫގައި ދިރިއުޅެމުންދާ ފަރާތްތަކަށް މި އޮޑިޝަނުގައި ބައިވެރި ވެވޭނޭކަމަށް އިޢުލާނުގައި ވެއެވެ. ޔުނައިޓެޑު އިސްލާމިކް ސޮސައިޓީއިން 37 ވަނަ ޤައުމީ ޤުރްއާން މުބާރާތުގައި ވާދަކުރާނީ މުވައްސަސާތަކުގެ ބައިންނެވެ. އެ ޖަމްޢިއްޔާއިންވަނީ މީގެ ކުރީގެ އަހަރުތަކުގައިވެސް ޤައުމީ ޤުރްއާން މުބާރާތުގައި ބައިވެރިވެފައެވެ. މި އޮޑިޝަނާއި ބެހޭ އިތުރު މަޢުލޫމާތު 9685036 އިން ލިބިލައްވާނެކަން އިޢުލާނުގައި ވެއެވެ.
"މިފަދަ މުބާރާތެއްގައި ކީރިތި ޤުރްއާން ރަނގަޅަށް ތިލާވަތު ކުރާ ކުޑަހުވަދޫއަށް ނިސްބަތްވާ އަދި މިރަށުގައި ދިރިއުޅޭ ފަރާތްތަކަށް ފުރުޞަތު ހޯދައިދީ ހިތްވަރު ދިނުމަކީ އަޅުގަނޑުމެން މި މުބާރާތުގައި ބައިވެރިވާ އެއް މަޤުޞަދު، ކުޑަހުވަދޫއަކީ ކީރިތި ޤުރްއާން ރީތިކޮށް ކިޔަވާ ގިނަ ބަޔަކު އުޅޭ ރަށެއް." މުބާރާތާއި ބެހޭ މަޢުލޫމާތު ޙިއްސާކުރަށްވަމުން އެ ޖަމްޢިއްޔާގެ ރައީސް އިސްމާޢީލް އާދިލް ފާހަގަކުރެއްވިއެވެ.
ޔުނައިޓެޑު އިސްލާމިކް ސޮސައިޓީގެ އޮޑިޝަން ބޭއްވޭނެ ތާރީޚެއް ވަރަށް އަވަހަށް ހިއްސާކުރެވޭނޭކަންވެސް އާދިލް ފާހަގަކުރެއްވިއެވެ. އަދި އޮޑިޝަނުގައި އެކަށީގެންވާ ޢަދަދަކަށް ކޮންމެ އަހަރަކުވެސް ބައިވެރިން ވާދަކުރާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޔުނައިޓެޑު އިސްލާމިކް ސޮސައިޓީއަކީ އަބަދުވެސް ކުޑަހުވަދޫގެ ފަންނުވެރިންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދެމުން އަންނަ ޖަމްޢިއްޔާއެއްކަން ފާހަގަކުރެވެއެވެ. ޤައުމީ ޤުރްއާން މުބާރާތަކީ ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޤުރްއާން މުބާރާތެވެ.
ލިޔުންތެރިޔާ
އެޑްމިން
މިހާތަނަށް ކޮމެންޓެއް ނެތް
މެސީގެ ހެޓްރިކަކާއި ބޮޑު ބަހުސެއް: ކާޑެއް ނުދެއްކީ ކީއްވެ؟
17 June 2026
0
އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށް ގަރާޖު ހުއްދަ ދޫކުރުމުގެ އުސޫލުތަކަށް ސަމާލުވުމަށް ކުޑަހުވަދޫ ކައުންސިލުން އަންގައިފި
10 June 2026
0
އެފްއޭއެމް އިން ހުރާއަށް ތަށިދީފި: ހުރާ ސަޕޯޓަރުން ކުޑަހުވަދޫއަށް މަލާމާތްކޮށްފި!
09 June 2026
0
ކުޑަހުވަދޫގައި ހުޅުވުނު "ސިޕްޓޮޕިއާ" އާއެކު ބުއިންތަކުގެ ރަހަތަކަށް އާ އިންގިލާބެއް!
09 June 2026
0
ކުޑަހުވަދޫ ހިއްކި ބިމުގައި ގެދޮރު ބިނާކުރުން ބާރުދުވެލީގައި: އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓު ނުލިބުން!
04 June 2026
1
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0