Article Image

ރިޕޯޓް

މިފަހަރު ޢީދަށް ކުޑަހުވަދޫއަށް ދާންވީ ސަބަބުތަކަށް ބަލާލަމާ!

ދަތުރުދާނެ މަންޒިލަކަށް މެދު ރާއްޖެތެރޭގެ ވިންދު ކަމަށްވާ ދާލު ކުޑަހުވަދޫ އިޚްތިޔާރުކުރަންވީ ސަބަބުތައް ވަރަށްވެސް ގިނައެވެ. މެދު ރާއްޖެތެރޭގައި އޮތް އެންމެ ތަރައްޤީ އަދި ހިތްގައިމު އެއް ރަށް ބަލާލުމަށް މިއީ ރަނގަޅު ފުރުޞަތެކެވެ.

މިފަހަރުގެ ބޮޑުޢީދު ބަންދަކީ މުޅިން ތަފާތު، ހަނދާނުން ފޮހެލަން ދަތި އުފާވެރި ދުވަސްތަކަކަށް ހަދާލަން ބޭނުން ހެއްޔެވެ؟ އެހެންކަމަށްވާނަމަ، ދަތުރުދާނެ މަންޒިލަކަށް މެދު ރާއްޖެތެރޭގެ ވިންދު (ހިތް) ކަމަށްވާ ދާލު ކުޑަހުވަދޫ އިޚްތިޔާރުކުރަންވީ ސަބަބުތައް ވަރަށްވެސް ގިނައެވެ. މެދު ރާއްޖެތެރޭގައި އޮތް އެންމެ ތަރައްޤީ އަދި ހިތްގައިމު އެއް ރަށް ބަލާލުމަށް މިއީ ރަނގަޅު ފުރުޞަތެކެވެ.

މިފަހަރު ޢީދަށް ކުޑަހުވަދޫއަށް ދާންވީ ސަބަބުތަކަށް ބަލާލަމާ ހިނގާށެވެ!

1. ތާރީޚީ އަދި ޤުދުރަތީ ޚާއްޞަ ބައެއް ތަންތަން ބަލާލުން

ކުޑަހުވަދޫއަކީ ހަމައެކަނި ރީތި ރަށެއް ނޫނެވެ. މިއީ ތާރީޚީ ގޮތުންނާއި ކުޅިވަރުގެ ގޮތުންވެސް ފާހަގަކޮށްލެވޭ ރަށެކެވެ.

• ކުޑަހުވަދޫ ހުކުރު މިސްކިތް: މިއީ ދިވެހިންގެ ކާބަފައިންގެ ފަރުމާކުރުމާއި އަތްތެރި މަސައްކަތުގެ މިއުޒިއަމެކެވެ. ހިރިގަލުން ބިނާކޮށްފައިވާ މި މިސްކިތުގެ ހިރިގަލުގެ މަސައްކަތްތަކަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ފަދަ އާދަޔާޚިލާފު ހިތްގައިމު ކަނޑާނެގުންތަކެކެވެ. ރަށަށް އަރާ ކޮންމެ މީހަކުވެސް ކޮންމެހެން ބަލާލަންޖެހޭ ތާރީޚީ ބިނާއެކެވެ.

• ރާޅަށް އަޅާ ސަރަޙައްދު (Surf Point): ރާޅާއެޅުމަށް ލޯބިކުރާ ފަރާތްތަކަށް ކުޑަހުވަދޫއަކީ ސުވަރުގެއެކެވެ. ރަށުގެ ރާޅަށް އަޅާ ސަރަޙައްދަކީ ކުޑަހުވަދޫގެ ޒުވާނުންގެ އިތުރުން ގިނަ އަދަދެއްގެ ފަތުރުވެރިންވެސް ރާޅާއެޅުމުގެ ހުނަރު ދައްކާލުމަށް ޖަމާވާ މަޤްބޫލު ތަނެކެވެ.

Uploaded image

2. ރަށުގެ ރީތިކަމާއި، މޫދަށް އެރިލުމުގެ ހިތްހަމަޖެހުން

މޫދަށް އެރިލުމާއި ދޮންވެލި ބީޗުތަކުގައި ވަގުތު ހޭދަކޮށްލަން ބޭނުންވާ މީހުންނަށް ކުޑަހުވަދޫގައި ފުރިހަމަ އިންތިޒާމުތަކެއް އެބަހުއްޓެވެ.

• ދެ ބީޗެއްގެ ހިތްގައިމުކަން: ރަށުގައި ހިތްގައިމު ދެ ބީޗު އޮވެއެވެ. އެއީ ހަވީރުގެ ހިތްގާއިމު އިރުއޮއްސޭ މަންޒަރު ބަލާލުމަށް ޚާއްޞަ "ސަންސެޓް ބީޗް" އަދި ރާޅުގެ ހިތްގައިމު އަޑާއެކު ވަގުތު ހޭދަކޮށްލެވޭ "ސާފް ބީޗް" އެވެ.

• ސްވިމިންގ ޓްރެކް: ރައްކާތެރިކަމާއެކު ފަތާލާ، ކަސްރަތުކޮށްލަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ސްވިމިންގ ޓްރެކެއް ރަށުގައި ގާއިމުކުރެވިފައިވެއެވެ.

Uploaded image

• ކުޑަހުވަދޫ ވޯޓާ ޕާކު: ކުޑަކުދިންނާއެކު އާއިލީ ވަގުތުތަކެއް ހޭދަކޮށްލުމަށް މިއަށްވުރެ ވަކިން ސަޅި ތަނެއް ނޯންނާނެއެވެ. ކުޑަކުދިންނަށް ޚާއްޞަ މި ވޯޓާ ޕާކަކީ ކުދިން ފޫހިވުމެއްނެތި މަޖާކޮށްލާނެ ތަނެކެވެ.

• ދަތުރު ދިއުމަށް "ވައްލަ" އަދި މަސްދަތުރު: ކުޑަހުވަދޫ ކައިރީގައި އޮންނަ ހިތްގައިމު ފަޅުރަށެއް ކަމަށްވާ "ވައްލަ" އަކީ ހަމަހިމޭންކަމާއެކު ބާބަކިއު ހަދާލާ، ދަތުރުގޮސްލަން އެއްވަނައިގެ ރަށެކެވެ. މީގެ އިތުރުން، ރަށުން ފަސޭހަކަމާއެކު މަސްދަތުރުތައް ރާވާލުމުގެ ޚިދުމަތް ލިބެން ހުރެއެވެ.

• ކުޑަހުވަދޫ ކައިރީގައި ބައިސިކަލް ޕޮއިންޓާއި އަދި ސްނޯކުލިން އަށް ދިއުމަށް ހިތްގައިމު ރީތި މަންޒަރުތައް އެބަހުއްޓެވެ.

Uploaded image

3. އެކޮމޮޑޭޝަން: ހުރުމުގެ ކަންކަން ވަރަށް ފަސޭހަ!

ރަށަށް ދާއިރު "ހުންނާނީ ކޮންތާކުބާ؟" މި ސުވާލަށް ކަންބޮޑުވާން ނުޖެހޭނެއެވެ. ކުޑަހުވަދޫގައި ފެންވަރު ރަނގަޅު، ޒަމާނީ އަދި އަގުހެޔޮ ގިނަ ގެސްޓްހައުސްތަކެއް ހުރެއެވެ. އަދި މީގެ އިތުރުން ޚިދުމަތް ރަނގަޅު ޒަމާނީ ރެސްޓޯރެންޓްދައް ކުޑަހުވަދޫގައި ހުރުމަކީ ޢާއިލާކަތް ލިބޭނޭ އިތުރު ހިތްހަމަޖެހުމެއްކަން ޔަޤީނެވެ.

އޭގެ ތެރޭގައި ފާހަގަކޮށްލެވޭ ބައެއް ތަންތަނަކީ:

• އަކިރޭރި (Akirerhi)

• ބްލޫވެވް (Blue Wave)

  • އޯޝަނިއާ އިން

  • އަކިރޭރި ރެސްޓޯރެންޓް

  • ވިއޯލާ ރެސްޓޯރެންޓް

  • ބްލޯސަމް ގާޑަން

  • ޕަލްމޭރާ ރެސްޓޯރެންޓް

  • ވިކްޓޯރިއަސް

  • ޑޮމިސިސް

    Uploaded image

4. ދަތުރުފަތުރު: ރަށަށް އަންނާނެ ގޮތްތައް

ކުޑަހުވަދޫއަކީ ދަތުރުފަތުރުގެ ގޮތުން މުޅި އަތޮޅާ ރާއްޖެއަށް ހުޅުވާލެވިފައިވާ މަރުކަޒެކެވެ. ތިބާ ބޭނުންވާ ބަޖެޓަކަށް ފެތޭގޮތަށް ރަށަށް އާދެވޭނެއެވެ. އެގޮތުން ކަނޑުދަތުރުތަކަށް ޖެހިލުންވާނަމަ، ވައިގެމަގުން މަންތާއިން ސީދާ ކުޑަހުވަދޫއަށް އާދެވޭނެއެވެ. އަދި މާލެއިން ކުޑަހުވަދޫއަށް ދަތުރުކުރާ ލޯންޗުތައް ހުރެއެވެ. ހަމައެހެންމެ ރާއްޖޭގައި ދުއްވާ އެންމެ އަރާމު ކަނޑު ބޯޓު އޮތީ ކުޑަހުވަދޫގައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ބީޗް ކުރޫޒާ އަދި ބަންކަރުންވެސް ރަށަށް އަންނަން އަރާމުވާނެއެވެ. ނިދާލާފައި ހޭލާއިރު ކުޑަހުވަދޫއަށް ވަދެވޭނެއެވެ.

5. މިއަހަރުގެ ޢީދު ކުޅިވަރުތައް: އުފާވެރިވާނެ ހިނިތުންވުން ލިބޭނެ

މިއަހަރުގެ ބޮޑުޢީދަށް ކުޑަހުވަދޫ އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. ގިނަ ކުޅިވަރުތަކާއި ކުޑަކުދިންގެ ހަވީރުތަކާއި، ތަފާތު ގޭމްތައް ހިމެނޭހެން ގިނަގުނަ ހަރަކާތްތަކެއް މިފަހަރުގެ ޢީދުގައި ކުރިއަށްދާނެއެވެ. މުޅި ރަށް އޮންނާނީ ޢީދުގެ ފޯރިއާއި އުފާވެރިކަމުން ގުގުމާލާފައެވެ. ކުދި ބޮޑު އެންމެނަށްވެސް މިއީ ފޫހިވުމެއްނެތް ސަޅި ޢީދަކަށް ވާނެއެވެ.

ނިންމުން: މެދު ރާއްޖެތެރޭގައި އޮތް އެންމެ ތަރައްޤީ އަދި ހުރިހާ ޚިދުމަތެއް އެއްތަނަކުން ލިބޭ ކުޑަހުވަދޫ ބަލާލުމާއެކު، އުފާވެރި ޢީދެއް ޢާއިލާއާއިއެކު ތަޖުރިބާކޮށްލުމަށް މިއަށްވުރެ ވަކިން ސަޅި ރަށެއް ނުލިބޭނެއެވެ. ލަސްނުކޮށް މިފަހަރުގެ ޢީދު ދަތުރު ކުޑަހުވަދޫއަށް ޕްލޭން ކުރައްވާށެވެ!

އެޑްމިން

ލިޔުންތެރިޔާ

އެޑްމިން

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ