ކުޑަހުވަދޫގައި ހިންގާ ކުލަބު ޖަމްޢިއްޔާތަކަށް ބިންދޫކުރަނީ
އެޑްމިން
ދ.ކުޑަހުވަދޫގައި ޙަރަކާތްތެރިވުމަށް ރަޖިސްޓްރީ ކުރެވިގެން ހިންގާ ކުލަބު، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިދާރާ ހިންގުމަށް ބޭނުންވާ ބިމަށް ކުރިމަތިލުމަށް ކުޑަހުވަދޫ ކައުންސިލުން ހުޅުވާލައިފިއެވެ.
ކުޑަހުވަދޫ ކައުންސިލުގެ އިޢުލާނުގައި މިއީ، ޖަމްޢިއްޔާތަކަށް ކަންކަން ހިނގުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއްކަމުގައި ވަނީ ފާހަގަކުރަށްވާފައެވެ. މިއަދު ގެޒެޓް ކުރެވިފައިވާ މި އިޢުލާނުގައި ބިން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު 22 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން ކައުންސިލަށް ހުށަހެޅުމަށްވަނީ އެދިފައެވެ. މި އިޢުލާނުގައި ބިން ދޫކުރުމުގެ އުޞޫލު ވަނީ އެއްކަރުދާސްކުރެވިފައެވެ. އަދި ބިމަށް އެދި ހުށަހަޅާ ފޯމުވަނީ ހިމަނާފައެވެ.
މިއީ ކުޑަހުވަދޫގެ ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށް ކައުންސިލުން ނިންމާފައިވާ ނިންމުމެކެވެ. ކުޑަހުވަދޫގެ ޖަމްޢިއްޔާ ޖަމާޢަތްތަކަކީ ރަށުގެ ކުރިއެރުމާއި ހޭލުންތެރިކުރުމާއި ކުޅިވަރުގެ ޙަރަކާތްތަކުގައި ކައުންސިލާއިއެކު މަސައްކަތް ކުރަމުން އަންނަ ފަރާތްތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް