ކުޑަހުވަދޫ ދާއިރާގެ މެންބަރާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ބައްދަލުކުރެއްވުން
އެޑްމިން
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދުގެ ބައްދަލުވުމެއް 13 މެއި 2025 ގައި އެ ވުޒާރާގައިވަނީ ކުރިއަށް ގެންގޮސްފައެވެ.
ކުޑަހުވަދޫ ދާއިރާގެ ރަށްރަށުގެ ކުޅިވަރުގެ ޙާލަތާއި މިވަގުތު ހުރި ކުޅިވަރު ވަޞީލަތްތަކުގެ މަޢުލޫމާތު ދާއިރާގެ މެންބަރު ވަނީ މިނިސްޓަރަށް ހިއްސާކުރަށްވާފައެވެ. އަަދި މިވަގުތު ކުރިއަށްދާ ކުޅިވަރުގެ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ވަޒީރު ރާފިޢުވަނީ ކުޑަހުވަދޫގެ ދާއިރާގެ ކުޅިވަރުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވިދާނެކަންކަމާއި، ދާއިރާއަށް ބޭނުންވާ ކުޅިވަރުގެ އިތުރު ވަސީލަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ހަމައެހެންމެ ދާއިރާގެ ރަަށްރަށުގައި މިވަގުތު ކުރިއަށްދާ މަސައްކަތްތައް ނުހުއްޓި ކުރިއަށްގެންދިއުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ރާފިޢު އާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދުގެ އިތުރުން ކުޅިވަރު ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަސްލަމް ރަހާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް