ޚަބަރު
މަލްޓި-ސްޕެސަލިޓީ ހެލްތު ކޭމްޕު ފެށިގެ ކުރިއަށްދަނީ
ޓްރީޓޮޕް ހޮސްޕިޓަލާއި ދ.އަތޮޅު ހޮސްޕިޓަލު، ދ.އަތޮޅު ކައުންސިލު، ދ.ކުޑަހުވަދޫ ކައުންސިލު އަދި ދ.ކުޑަހުވަދޫ ޑަބްލިޔު.ޑީ.ސީ ގުޅިގެން "މަލްޓި-ސްޕެސަލިޓީ ހެލްތު ކޭމްޕު" މިއަދު ހެނދުނު 8:30 ގައި ވަނީ ފެށިފައެވެ.
ޓްރީޓޮޕް ހޮސްޕިޓަލާއި ދ.އަތޮޅު ހޮސްޕިޓަލު، ދ.އަތޮޅު ކައުންސިލު، ދ.ކުޑަހުވަދޫ ކައުންސިލު އަދި ދ.ކުޑަހުވަދޫ ޑަބްލިޔު.ޑީ.ސީ ގުޅިގެން "މަލްޓި-ސްޕެސަލިޓީ ހެލްތު ކޭމްޕު" މިއަދު ހެނދުނު 8:30 ގައި ވަނީ ފެށިފައެވެ.
މުޅި ދ.އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ކޭމްޕުގައި 300 އަށްވުރެ ގިނަ ފަރާތުން ޑޮކްޓަރަށް ދެއްކުމަށް އެދިފައިވާކަން ކޭމްޕުގެ ފޯކަލް ޕޮއިންޓް އައިޝަތު މުނީރު ފާހަގަކުރަށްވައެވެ. 2 ދުވަހަށް ކުރިއަށްދާ މި ކޭމްޕުގައި 8 ސްޕެސިއަލިސްޓުން ބަލަމުންދެއެވެ. އެންމެ ގިނައިން އެޕޮއިމްޓްމެންޓަށް އެދިފައިވަނީ އީ.އެން.ޓީ އާއި ޑާމެޓަލޮޖީ އަދި ކަށިގެ ބަލިތަކަށެވެ. މި ކޭމްޕުގައި ދިވެހިރާއްޖެއަށް މަޝްހޫރު ކަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރު، ޑރ.މުޒްނީ ބައްލަވައެވެ.
މި ކޭމްޕުގައި ޔޫރޮލޮޖީ، ގައިނޮކޮލޮޖީ އެންޑް ފާޓިލިޓީ، ސޯލްޑަރ އެންޑް ސްޕޯޓްސް މެޑިސިން، އޮފްތަލްމޮލޮޖީ، ޑާމެޓޮލޮޖީ، ޖެނެރަލް ސާޖަރީ، އޮތޮޕެޑިކްސް އަދި އީ.އެން.ޓީގެ ސްޕެޝަލިސްޓުން ހިމެނެއެވެ.
އަތޮޅުގައި އަދި ރަށުގައި ތިބެގެން ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމަށް ހުޅުވާލެވުނު މިކޭމްޕިގެ ސަަބަބުން ގިނަ ފަރާތްތަކަކަށް އެކަމުގެ ފަޞޭޙަކަން ލިބިގެންދާނޭކަމެކެވެ.
ލިޔުންތެރިޔާ
އެޑްމިން
މިހާތަނަށް ކޮމެންޓެއް ނެތް
'އުޚްތީ' ހެދުންވިއްކާ އައުފިހާރައެއް މިރޭ ކުޑަހުވަދޫގައި ހުޅުވަނީ
23 May 2026
0
މެޗުން މޮޅުވީ ކުޑަހުވަދޫ، މައްސަލައަށްފަހު މުބާރާތުގެ ތަށި ހުރައަށް!
23 May 2026
0
މިފަހަރު ޢީދަށް ކުޑަހުވަދޫއަށް ދާންވީ ސަބަބުތަކަށް ބަލާލަމާ!
22 May 2026
0
ކުޑަހުވަދޫއިން ހުރާ ބަލިކޮށް ބީ.އެމް.އެލް ސެންޓްރަލް ރީޖަންގެ ޗެމްޕިއަންކަން ހޯދައިފި
22 May 2026
2
ފެނަކަ ކުޑަހުވަދޫ ބުރާންޗަށް އައު ޖަނަރޭޓަރެއް ގެނެސްފި.
19 October 2025
4
"ރޯސް ބްލޫމްސް" ދ.ކުޑަހުވަދޫގައި މާ ވިއްކާ ފިހާރައެއް ހުޅުވައިފި
18 October 2025
2