ޚަބަރު
ކުޑަހުވަދޫގައި ކަތިލެވޭ އުޟްޙިޔާގެ ބަކަރިތައް ރަށަށް ގެނެސްފި
އުޟްޙިޔާގެ ގޮތުގައި ކުޑަހުވަދޫގައި ކަތިލުމަށް ހަމަޖެހިފައިވާ ބަކަރިތައް އިއްޔަ މެންދުރުގެ ވަގުތެއްގައި ރަށަށް ގެނެސްފިއެވެ. އަޟްޙާ ޢީދާއި ގުޅިގެން މުސްލިމުން ޢީދު ދުވަހުގައި ކުރާ ޤުރުބާނީއަކީ އުޟްޙިޔާއެވެ.
ނަބިއްޔާ ﷺ ގެ މި ސުންނަތް ކުޑަހުވަދޫގައި ދިރުވައި އެ ޚިދުމަތް ޢާއްމު ރައްޔިތުންނަށް ފަހިކޮށްދެމުން އަންނަތާ މިހާރު 9 ވަރަކަށް އަހަރު ވެދާނެކަމަށް އެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ޔުނައިޓެޑު އިސްލާމިކް ސޮސައިޓީގެ ރައީސް އަލްފާޟިލް އިސްމާޢީލް އާދިލް، މި ނޫހަށް މަޢުލޫމާތު ޙިއްސާކުރަށްވަމުން ވިދާޅުވިއެވެ. ކޮންމެ އަހަރެއްގައިވެސް ޢީދުގައި ކަތިލެވޭ އުޟްޙިޔާ އަށް ބޭނުންވާ ފަރާތްތަކުގެ ނަން ނޯޓް ކުރެވި، އުޟްޙިޔާ ކަތިލުމަށް ބޭނުންވާ ފަރާތްތަކުގެ ބަކަރިތައް ރަށަށް ގެނައުމާއި ބެލެހެއްޓުމުގެ އިތުރުން ކަތިލުމުގެ އިންތިޒާމުތައް ޔުނައިޓެޑު އިސްލާމިކް ސޮސައިޓީގެ ފަރާތުން އަންނަނީ އިންތިޒާމުކޮށްދެމުންނެވެ.
އެގޮތުން މިއަހަރުގައިވެސް 15 ފަރާތަކުން އުޟްޙިޔާ ކަތިލުމަށް ބޭނުންވެ ނަން ނޯޓުކޮށްފައިވެއެވެ. ކުޑަހުވަދޫގެ ރައްޔިތުންނަކީ މިފަދަ ސުންނަތްތައް ދިރުވައި އާލާކުރުމުގައި ނަމޫނާ ބައެއްކަން ފާހަގަކުރެވެއެވެ. އުޟްޙިޔާއަށް ބޭނުންވާ ބަކަރިތައް ގެނެސްފައިވަނީ ލ.އަތޮޅުންނެވެ.
ޢީދު ދުވަހު ޢީދު ނަމާދަށްފަހު ބަކަރި ކަތިލުމުގެ ހުރިހާ ކަމެއް ފެށިގެން ދާނެއެވެ، މިއަހަރުގައި ބަކަރި ކަތިލުމުގެ ކަންކަން ކުރިއަށްދާނީ ބޮޑާވަށް މައިޒާނުގައެވެ.
ޔުނައިޓެޑު އިސްލާމިކް ސޮސައިޓީން ކުރިއަށްގެންދާ މިފަދަ ޙަރަކާތްތަކަށް ކުޑަހުވަދޫ ކައުންސިލުގެ ފަރާތުން ލިބޭ ފުރިހަމަ އެއްބާރުލުން ފާހަގަކޮށް އާދިލް އެފަރާތްތަކަށް ޝުކުރުއަދާކުރަށްވާފައި ވެއެވެ.
ލިޔުންތެރިޔާ
އެޑްމިން
މިހާތަނަށް ކޮމެންޓެއް ނެތް
މެސީގެ ހެޓްރިކަކާއި ބޮޑު ބަހުސެއް: ކާޑެއް ނުދެއްކީ ކީއްވެ؟
17 June 2026
0
އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށް ގަރާޖު ހުއްދަ ދޫކުރުމުގެ އުސޫލުތަކަށް ސަމާލުވުމަށް ކުޑަހުވަދޫ ކައުންސިލުން އަންގައިފި
10 June 2026
0
އެފްއޭއެމް އިން ހުރާއަށް ތަށިދީފި: ހުރާ ސަޕޯޓަރުން ކުޑަހުވަދޫއަށް މަލާމާތްކޮށްފި!
09 June 2026
0
ކުޑަހުވަދޫގައި ހުޅުވުނު "ސިޕްޓޮޕިއާ" އާއެކު ބުއިންތަކުގެ ރަހަތަކަށް އާ އިންގިލާބެއް!
09 June 2026
0
ކުޑަހުވަދޫ ހިއްކި ބިމުގައި ގެދޮރު ބިނާކުރުން ބާރުދުވެލީގައި: އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓު ނުލިބުން!
04 June 2026
1
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0