ރިޕޯޓް
ޕްރޮޖެކްޓް އައްކަންގެ އިސްނެގުމާއިއެކު ދ.ވައްލަ ސާފުކޮށް ނިމިއްޖެއެވެ.
ދ.ކުޑަހުވަދޫގެ ކުދިބޮޑު އެންމެންގެ އޭރާއި މިހާރުގެ އުފާވެރި ހަނދާންތައް ގެނުވައިދޭ އެއް ރަށަކީ ދ.ވައްލަ ކަމާއިމެދު ދެބަސްވާނޭ މީހަކު ނުހުންނާނެއެވެ. ގިނަ ބަޔަކު ޢާއިލާ އާއިއެކު އަދި ރައްޓެހިންނާއިއެކު އެކުވެރިކަން އާލާކޮށް އުފާކޮށް މަޖާކޮށް މޫދަށް އެރި އުޅެލުމަށް އިޚްތިޔާރުކުރާ އެއްރަށަކީ ދ.ވައްލައެވެ.
ހުދުކުލައިގެ ބޮޑު ދޮންވެލި ތުނޑިއެއް ލިބިގެންވާ މި ހިތްގައިމު ރަށުގައި ހަފުތާ ބަންދެއްގައި ބަޔަކު ނޫޅެނުދާނެކަން ޔަޤީނެވެ. އެހެންނަމަވެސް ރަށަށް އުފާކޮށް މަޖާކޮށްލަން ދިއުމަށްފަހު ބޭނުންކުރެވޭ ބައެއްތަކެތި ކުނީގެ ގޮތުގައި އެރީތި މާޙައުލަށް ދޫކޮށްލެވިފައި އެނބުރި ރަށަށް އާދެވޭ ކަމީ ހިތާމައެކެވެ. މިކަންތައްތައް ތަކުރާރުވަމުންގޮސް ވައްލައިގެ ރީތި ހުދު ދޮންވެލި ގަނޑުގައި ފުޅިއާއި ދަޅާއި އަދި އެނޫންވެސް ކުނީގެ ބާވަތްތައް ގިނަވެފައިވަނިކޮށް ޒުވާނުންތަކެއް އިސްނަގައިގެން އެރަށް ސާފުކުރުމުގެ ޢަމަލީ މަސައްކަތެއް މިވަނީ ކޮށްފައެވެ.
އާނއެކެވެ. ކުޑަހުވަދޫގެ ޒުވާނުންތަކެއް އުފައްދާފައިވާ ޖަމްޢިއްޔާއެއްކަމުގައިވާ 'ޕްރޮޖެކްޓް އައްކަން' ގެ އިސްނެގުމާއިއެކު ރަށުގެ ހަރުމީހުންނާއި ޒުވާނުންނާއި ގުޅިގެން ވައްލަ ސާފުކުރުމުގެ ޙަރަކާތެއް މި އޮގަސްޓް މަހުގެ 16 ވަނަ ދުވަހުގައިވަނީ ކުރިއަށް ގެންގޮސްފައެވެ. ސާފުކުރުމުގެ މިޙަރަކާތުގައި ޖުމުލަ 423.7 ކިލޯގެ ކުނިވަނީ އެއްކުރެވިފައެވެ. އެހެންކަމުން ޕްރޮޖެކްޓް އައްކަންގެ މި ޙަރަކާތަށް ނަޒަރެއް ހިންގާލާނަމެވެ.
ޕްރޮޖެކްޓް އައްކަންގެ ފަރާތުން ވައްލަ ސާފުކުރުމަށް އިންތިޒާމުކޮށްފައިވާލެއް ވަރަށްފުރިހަމައެވެ. ވައްލަ ސާފުކުރުމުގައި ބައިވެރިވާ ބައިވެރިން ރަށަށް ގެނައުމުގެ އިންތިޒާމު އެއްވެސް ދަތިކަމެއްނެތި، ސްޕީޑު ލޯންޗުގައި ކުރެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ. ސާފުކުރުމަށް ވައްލައަށް ފޭބުމާއިއެކު ޕްރޮޖެކްޓް އަައްކަންގެ މެންބަރު މަރުޙަބާ ކިޔައި ޙަރަކާތުގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ޚާއްޞަ ޓީޝާޓު ކޮންމެ ބައިވެރިއަކަށް ހަވާލުކުރިއެވެ. އަދި މަދިރިން ރައްކާތެރިވުމަށް ބޭނުންވާނޭ ލޯޝަންފަދަތަކެތި ބައިވެރިންނަށް ހަވާލުކުރިއެވެ.
މަސައްކަތް ފެށުމުގެ ކުރިން ސާފުކުރުމުގެ ޙަރަކާތްކުރިއަށް ގެންދަންވީގޮތުގެ މަޢުލޫމާލު ބައިވެރިންނަށް ހިއްސާކުރިއެވެ. މިޙަރަކާތް އިފްތިތާހު ކޮށްދެއްވާފައިވަނީ ކުޑަހުވަދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަލްފާޟިލް ޙުސައިން ހަމީދެވެ. ސާފުކުރުމުގެ މަސައްކަތް ފެށުނީ ގާތްގަނޑަކަށް ހެނދުނު 9 ޖެހި އިރުއެވެ. ހުރިހާ ބައިވެރިންނަށް ކުނިއެޅުމަށް ޚާއްޞަ ގޯނި ހަވާލުކުރެވި ބައިވެރިން ރަށުގެ އެކި ސަރަޙައްދުތަކަށް ސާފުކުރުމަށް ޖޯށާއި ފޯރީގައި މަސައްކަތް ފަށައިގަތެވެ

ވައްލައިގެ އަތިރިމަތީގައްޔާއި ހޭޅިތަކުގެ ތެރޭގައްޔާއި ރަށުތެރޭގައި ހެދިފައިވާ ގަސްތަކުގެ ތެރެއިން ކުނީގެ ގޮތުގައި އުކާލެވިފައިވާ ފުޅިއާއި ދަޅުތައް ބައިވެރިން އިސާހިތަކު އެއްކޮށް ޚާއްޞަކުރެވިފައިވާ ސަރަހައްދަށް ގެނެސް ޖަމާކޮށްލިއެވެ. ހުރިހާ އެންމެ އެކުގައި ކުރެވުނު ސާފުކުރުމުގެ މަސައްކަތް ގާތްތަޑަކަށް ގަޑިއެއްހާއިރުތެރޭގައި ކާމިޔާބުކަމާއިއެކުގައި ނިންމާލެވުނެވެ.
ޕްރޮޖެކްޓް އައްކަންގެ ފަރާތުން އިންތިޒާމުކުރި ސާފުކުރުމުގެ މަސައްކަތް ނިމިގެންދިޔައީ ބައިވެރިންނަށްޓަކައި ތައްޔާރުކޮށްފައިވާ މެންދުރުގެ ފުރިހަމަ ކެއުމަކުންނެވެ. މަސްބަތާއި ތެލުލި ރިހާކުރާއި ފިޔާ އަދި މިރުހުގެ އިތުރުން ތެލުލިމިރުސް މިކެއުމުގައި ހުރުމުން އިތުރު ފުރިހަމަކަން ގެނެސްދެއެވެ. ބައިވެރިން ވައްލަ ސާފުކޮށް ނިންމާލައި އެނބުރި ކުޑަހުވަދުއަށް ފުރަންފެށީ މެންދުރު 1 ޖަހާ ކަންހާއިރުގައެވެ.
ވައްލަ ކާމިޔާބުކަމާއިއެކު ސާފުކޮށް ނިންމާލައިފިއެވެ. ޕްރޮޖެކްޓް އައްކަން ނަމޫނާއެއް ދައްކައިފިއެވެ. ދެން އޮތީ ފަރުދީ ޒިންމާއެވެ. މޫދަށާއި ރަށުގެ އެތަން މިތަނަށް ކުނި އެޅުމާއި ދުރުވާންވީއެވެ. ތިމާ އުފައްދާ ކުންޏާއިމެދު ތިމާ ޒިންމާވާންވީއެވެ. ޒުވާނުންތަކެއްގެ ނަމޫނާއި ފިލާވަޅު ލިބިގަންނާންވީއެވެ.
ލިޔުންތެރިޔާ
އެޑްމިން
މިހާތަނަށް ކޮމެންޓެއް ނެތް
މެސީގެ ހެޓްރިކަކާއި ބޮޑު ބަހުސެއް: ކާޑެއް ނުދެއްކީ ކީއްވެ؟
17 June 2026
0
އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށް ގަރާޖު ހުއްދަ ދޫކުރުމުގެ އުސޫލުތަކަށް ސަމާލުވުމަށް ކުޑަހުވަދޫ ކައުންސިލުން އަންގައިފި
10 June 2026
0
އެފްއޭއެމް އިން ހުރާއަށް ތަށިދީފި: ހުރާ ސަޕޯޓަރުން ކުޑަހުވަދޫއަށް މަލާމާތްކޮށްފި!
09 June 2026
0
ކުޑަހުވަދޫގައި ހުޅުވުނު "ސިޕްޓޮޕިއާ" އާއެކު ބުއިންތަކުގެ ރަހަތަކަށް އާ އިންގިލާބެއް!
09 June 2026
0
ކުޑަހުވަދޫ ހިއްކި ބިމުގައި ގެދޮރު ބިނާކުރުން ބާރުދުވެލީގައި: އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓު ނުލިބުން!
04 June 2026
1
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0