މޮނޮކްސް ސްޓޫޑިއޯ : ކުޑަހުވަދޫ ބޮޑުޢީދު ފުޓްސަލް ޗެލެންޖުގެ ޑިޒައިނިންގ ޕާޓްނަރަކަށް
ކުޑަހުވަދޫގައި މިއަހަރުގެ ބޮޑުޢީދުގައި މުޅިން އަލަށް ބުރަދާސް އެކަޑަމީއިން އިންތިޒާކުކޮށް ކުރިއަށް ގެންދާ "ކުޑަހުވަދޫ ބޮޑުޢީދު ފުޓްސަލް ޗެލެންޖް 1446" ގެ ޑިޒައިނިންގ ޕާޓްނާއަކަށް މޮނޮކްސް ސްޓޫޑިއޯ ހަމަޖައްސައިފިއެވެ.
މުޙައްމަދު އަމްޖަދު

މުބާރާތުގެ ޑިޒައިނިންގ ޕާޓްނާއަކަށް މޮނޮކްސް ސްޓޫޑިއޯ ހަމަޖެއްސުމަށް ބޭއްވުނު ޚާއްސަ ހަފުލާގައި އެ ސްޓޫޑިއޯގެ ފަރާތުން ސޮއިކުރެއްވީ އެ ސްޓޫޑިއޯގެ ޑިޒައިނަރ އަޒްހަދު އަޙްމަދެވެ. އަދި ބުރަދާސް އެކަޑަމީގެ ފަރާތުން ސޮއިކުރެއްވީ އެކަޑަމީގެ ޗެއާޕާސަން އިސްމާޢީލް އާދިލެވެ.
މޮނޮކްސް ސްޓޫޑިއޯ އަކީ 2012 ވަނަ އަހަރުގައި އުފެދުނު ސްޓޫޑިއޯއެކެވެ. އަދި ޑިޒައިނިންގ ގެ މަސައްކަތް ފުޅާ ދާއިރާގައި ކުރަމުން އަންނަ ފަރާތެކެވެ.
ކުޑަހުވަދޫ ބޮޑުޢީދު ފުޓްސަލް ޗެލެންޖުގެ ލޯގޯ ފަރުމާކޮށްފައިވަނީވެސް މޮނޮކްސް ސްޓޫޑިއޯ އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް