ކުޑަހުވަދޫ ފަރުމައްޗަށް ލައްވި ހޮޅި ރަށަށް އަރުވަނީ
ހޮޅި ރަށަށް އެރުވުމުގެ މަސައްކަތް ކުރިއަށްދާ މަންޒަރު ބެލުމަށް އެސަރަޙައްދަށް ގިނަ ޢަދަދެއްގެ ރައްޔިތުންވަނީ ޖަމަޢަވެފައެވެ.
މުޙައްމަދު އަމްޖަދު
މާރޗުމަހުގެ ތެރޭގައި ކުޑަހުވަދޫ ފަރުމައްޗަށް ލައްވެފައިއޮތް ހޮޅި ރަށަށް އެރުވުމުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިއަށް އެބަދެއެވެ.
ކުޑަހުވަދޫ ކައުންސިލުގެ ޓީމަކުން، އިއްޔަގެ ހަވީރު ވަގުތެއްގައި މި ހޮޅި ވަނީ ވިލުތެރެއަށް ގެނެސްފައެވެ. މިހާރު ކުރަމުންދާ މަސައްކަތަކީ ހޮޅި ރަށަށް އެރުވުމުގެ މަސައްކަތެވެ. ކައުންސިލުގެ އަމާޒަކީ މިއަދު ހޮޅި ރަށަށް އެރުވުމެވެ.
ހޮޅި އެރުވުމުގެ މަސައްކަތް ކުރިއަށްދަނީ ކުޑަހުވަދޫ ސްވިމިންގ ޓްރެކް ސަރަޙައްދުގައެވެ. މި ހޮޅި ބޭނުންކޮށްގެން ކުރާނީ ކޮންކޮން މަސައްކަތްތަކެއްކަން އަދި ކައުންސިލުން ނިންމާފައެއް ނުވެއެވެ . އެހެންނަމަވެސް މި ހޮޅި ބޭނުންކޮށްގެން ކުރާނޭ ކަންތައްތަކުގެ ތަނަވަސް ވިސްނުންތަކެއް ކައުންސިލުން އަންނަނީ ގެންގުޅެމުންނެވެ.
ހޮޅި ރަށަށް އެރުވުމުގެ މަސައްކަތް ކުރިއަށްދާ މަންޒަރު ބެލުމަށް އެސަރަޙައްދަށް ގިނަ ޢަދަދެއްގެ ރައްޔިތުންވަނީ ޖަމަޢަވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް