ރިޕޯޓް
ތިޔަކުރައްވަނީ ދިނީ އަދި ޤައުމީ ބުރަ މަސައްކަތެއް!
ތިޔަ ކުރައްވަނީ ދުނިޔެއެއަށް ކައު ކުރެއްވި އެންމެ މާތް ސާހިބާ، އެކަމަކަށް ނުހަނު ތަރުޙީބުދެއްވި މަސައްކަތެކެވެ.
ތިޔައީ ރަޙުމާއި ކުލުނާއި އޯގާތެރިކަމުން ފުރިގެންވާ ހިތްތަކެކެވެ. ނަފުސަށް ޖެހިދާނެ ބަލިމަޑު ކަމަކަށްވެސް ފަސް ޖެހުމެއް ނެތި، ކެތްތެރިކަމާއިއެކު ތިޔަ ކުރައްވާ މަސައްކަތަކީ ދީނީ އަދި ޤައުމީ ބުރަ ބޮޑު މަސައްކަތެކެވެ. އިޚްލާޞްތެރި ކަމާއެކު ތިޔަކުރައްވާ މަސައްކަތުގެ އަޖުރު، اللهގެ ޙަޟުރަތުގައި އިންތިހާއަށް އުފުލިގެންދާނެ ކަމާމެދު ޝައްކެއް ނުކުރެވެއެވެ.
އިސްލާމީ ތާރީޚް ދުށް އެންމެ ފުރަތަ މުސްލިމު ނަރުހަކީ އައްސައްޔިދާ ރުފައިދާ ރަޟިޔަﷲ ޢަންހާއެވެ. އެކަމަނާގެ ބޭސްވެރިކަމުގެ ހުނަރާއި، ޢިލްމީ ޤާބިލުކަމަށް މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم ވަނީ އިޢުތިރާފުވެވަޑައިގެންފައެވެ. އެކަލޭގެފާނު، އައްސައްޔިދާ ރުފައިދާ ރަޟިޔަﷲ ޢަންހާއަށް ޚާއްޞަ ފޭލިގެކޮޅެއް މަސްޖިދުއްނަބަވީގެ ކައިރީގައި ޖައްސަވައިދެއްވިއެވެ. ޒަމާނީ ޢިބާރާތުން ދަންނަވަނީ ނަމަ، ކުޑަ ކުލިނިކެއް ހައްދަވައި ދެއްވިއެވެ.
ޚަންދަޤު ހަނގުރާމައިގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ނުހަނު އަރިސް ޞަޙާބީ ބޭކަލެއް ކަމުގައިވާ ސަޢުދު ބުނު މުޢާޒު ރަޟިޔަﷲ ޢަންހު ވަރަށް ބޮޑަށް ޒަޚަމްވެވަޑައިގެންނެވިއެވެ. އެލޭގެފާނަށް ސަޢުދުގެ ޙާލުކޮޅު ފެނިވަޑައިގެން ވަރަށް ބޮޑަށް ހިތާމަފުޅު ކުރެއްވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ސަޢުދުގެފާނަށް ފަރުވާ ދެއްވުމަށްޓަކައި ޙަވާލު ކުރެއްވީ އައްސައްޔިދާ ރުފައިދާ ރަޟިޔަﷲ ޢަންހާއަށެވެ.
ވުމާއެކު ތިޔަ ކުރައްވަނީ ދުނިޔެއެއަށް ކައު ކުރެއްވި އެންމެ މާތް ސާހިބާ، އެކަމަކަށް ނުހަނު ތަރުޙީބުދެއްވި މަސައްކަތެކެވެ.
ދުޢާއަކީ ނަރުހުން ތިޔަކުރައްވާ މަސައްކަތުގައި الله ތަޢާލާގެ މަތިވެރިވެގެންވާ ހެޔޮ ތަޢުފިޤު ދެއްވުމެވެ. ދުޅަހެޔޮ ޞިއްޙަތާއި ޢާފިޔަތުގެ ނިޢުމަތް މިންވަރު ކުރެއްވުމެވެ. ރައްކާތެރި ކުރައްވައި މަސައްކަތުގައި ބަރަކާތްލެއްވުމެވެ. ފަސްޖެހުމެއް ނެތި އަބަދުމެ ސާބިތުކަންމަތީގައި ލެހެއްޓެވުމެވެ. އާމީން
ލިޔުންތެރިޔާ
ރިޟާ
މިހާތަނަށް ކޮމެންޓެއް ނެތް
މެސީގެ ހެޓްރިކަކާއި ބޮޑު ބަހުސެއް: ކާޑެއް ނުދެއްކީ ކީއްވެ؟
17 June 2026
0
އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށް ގަރާޖު ހުއްދަ ދޫކުރުމުގެ އުސޫލުތަކަށް ސަމާލުވުމަށް ކުޑަހުވަދޫ ކައުންސިލުން އަންގައިފި
10 June 2026
0
އެފްއޭއެމް އިން ހުރާއަށް ތަށިދީފި: ހުރާ ސަޕޯޓަރުން ކުޑަހުވަދޫއަށް މަލާމާތްކޮށްފި!
09 June 2026
0
ކުޑަހުވަދޫގައި ހުޅުވުނު "ސިޕްޓޮޕިއާ" އާއެކު ބުއިންތަކުގެ ރަހަތަކަށް އާ އިންގިލާބެއް!
09 June 2026
0
ކުޑަހުވަދޫ ހިއްކި ބިމުގައި ގެދޮރު ބިނާކުރުން ބާރުދުވެލީގައި: އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓު ނުލިބުން!
04 June 2026
1
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0