ކުޑަހުވަދޫގައި އަޟްޙާ ޢީދު ފާހަގަކުރުމަށް ބޭނުންވާ ފަރާތްތަކަށް ކައުންސިލުން ފުރުޞަތު ހުޅުވާލުން
ކުޑަހުވަދޫ ކައުންސިލުން މިޔަދު ކޮށްފައިވާ އިޢުލާނުގައި، ރައްޔިތުންނާއި ޒުވާނުންނަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، 1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ޙަރަކާތްތައް ހިންގުމަށް ޖަމްޢިއްޔާ ޖަމާޢަތްތަކާއި ވަކިވަކި ގުރޫޕުތަކަށް ވަނީ ފުރުޞަތު ހުޅުވާލެވިފައެވެ.
މުޙައްމަދު އަމްޖަދު
ކުޑަހުވަދޫގައި ޢީދުގެ ޚަރަކާތްތައް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ.
ކުޑަހުވަދޫ ކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާނުގައި، ރައްޔިތުންނާއި ޒުވާނުންނަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، 1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ޙަރަކާތްތައް ހިންގުމަށް ޖަމްޢިއްޔާ ޖަމާޢަތްތަކާއި ވަކިވަކި ގުރޫޕުތަކަށް ވަނީ ފުރުޞަތު ހުޅުވާލެވިފައެވެ.
ހިންގަން ބޭނުންވާ ކުޅިވަރު ޙަރަކާތްތަކުގެ ތަފްޞީލު، 15 މެއި 2025 ވާ، ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކައުންސިލަށް ހުށްހެޅުމަށް އިޢުލާނުގައިވަނީ އެދިފައެވެ.
ކުޑަހުވަދޫއަކީ ކޮންމެ އަހަރެއްގެ އަޟްޙާ ޢީދު ވަރަށް ކުލަގަދަގޮތެއްގައި ފާހަގަކުރަމުން އަންނަރަށެކެވެ. އެހެންކަމުން ރަށުންބޭރުގެ މެހެމާނުން ގިނަ ޢަދަދަކަށް ރަށަށް އަންނަކަން ފާހަގަކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް