ޚަބަރު
ކުޑަހުވަދޫގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފަށައިފި
ކުޑަހުވަދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ޝީޓްޕައިލް ކުރުމަށް ބޭނުންވާ އެލް ބްލޮކް މިއަދު ގެނެސްފިއެވެ.
ކުޑަހުވަދޫގެ ބަނދަރުގެ މަސައްކަތް ކުރިއަަށްދަނީ ދެ ފިޔަވައްސަކަަށް ބަހާލެވިގެންކަމާއި، ފުރަތަމަ ފިޔަވަހީގައި ކުރެވޭނީ ހުޅަނގު ކޮޅުގެ މަސައްކަތް ކަމުގައި ކައުންސިލުގެ ރައީސް އަލްފާޟިލް ޖާދުﷲ ހަމީދު މި ނޫހަށްވަނީ މަޢުލޫމާތު ދެއްވާފައެވެ. އަދި ކުރީގައި ޑިޒައިން ކުރެވިފައިވާ ގޮތަށް ބައެއް ބަދަލުތައް ސަރުކާރާއި މަޝްވަރާ ކުރެވިގެން ގެނެވިފައިވާނޭކަން ފާހަގަކޮށް، ބަނދަރު ބޭރަށް ޖެއްސެން ހުރި އެންމެ ބޮޑަކަށް ބޭރަށް ޖައްސަން މިހާރު ވަނީ ފައިނަލުވެފައިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
މިއަދު ބަނދަރުގެ މަސައްކަތް ވަނީފެށިފައެވެ. ރައީސް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ފުރަތަމަ ފޭސް ނިމުމާއިއެކުު ދެވަނަ ފޭހުގެ މަސައްކަތް ފެށިގެންދާނޭ ގޮތަށް މަސައްކަތްތައްވަނީ ތަރުތީބު ކުރެވިފައެވެ.
ކުޑަހުވަދޫ ބަނދަރުގެ ފުރަތަމަ ފޭހުގެ މަސައްކަތް ގާތްގަނޑަކަށް 18 މަސްދުވަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތް ކުރެވޭނެއެވެ. މި މަސައްކަތް ނިމޭއިރު 150 ފޫޓުވަރު ފުޅާކުރެވި، ބަނދަރުގެ މެދުގައި މުދާ ބޭލުމަށް ޚާއްޞަ ޖެޓީއެއް ހުންނާނޭ ގޮތަށް ތަރައްޤީކުރެވޭ ބަނދަރަކީ ކުޑަހުވަދޫގެ ލަފާފުރުމަށް ލިބިގެންދާނޭ ބޮޑު ފަސޭހައަކަށް ވާނެއެވެ.
ކުޑަހުވަދޫގެ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވަނީ އެމްޓީސީސީ އާއިއެވެ.
ލިޔުންތެރިޔާ
މުޙައްމަދު އަމްޖަދު
މިހާތަނަށް ކޮމެންޓެއް ނެތް
'އުޚްތީ' ހެދުންވިއްކާ އައުފިހާރައެއް މިރޭ ކުޑަހުވަދޫގައި ހުޅުވަނީ
23 May 2026
0
މެޗުން މޮޅުވީ ކުޑަހުވަދޫ، މައްސަލައަށްފަހު މުބާރާތުގެ ތަށި ހުރައަށް!
23 May 2026
0
މިފަހަރު ޢީދަށް ކުޑަހުވަދޫއަށް ދާންވީ ސަބަބުތަކަށް ބަލާލަމާ!
22 May 2026
0
ކުޑަހުވަދޫއިން ހުރާ ބަލިކޮށް ބީ.އެމް.އެލް ސެންޓްރަލް ރީޖަންގެ ޗެމްޕިއަންކަން ހޯދައިފި
22 May 2026
2
ފެނަކަ ކުޑަހުވަދޫ ބުރާންޗަށް އައު ޖަނަރޭޓަރެއް ގެނެސްފި.
19 October 2025
4
"ރޯސް ބްލޫމްސް" ދ.ކުޑަހުވަދޫގައި މާ ވިއްކާ ފިހާރައެއް ހުޅުވައިފި
18 October 2025
2