ދީން
އިޚްލާޞްތެރި ހިތަކުން 1
މާދުރުގައި ހުރެ އެންމެހާ މީސްތަކުންނަށް ލަޢުނަތްދީ ކުއްވެރި ކޮށްލަ ކޮށްލާ ހުންނަ މީހާއަށް ވުރެ، ކުށްވެރިންގެ މާހައުލެއްގައި ހުންނަމީހާގެ ހެޔޮކަން اللهގެ ޙަޟުރަތުގައި ބޮޑުވެދާނެކަން ދަންނަންވާނެއެވެ.
الله ތަޢާލާ އަޅަމެން ދުނިޔޭގައި ލެއްވުމަށްފަހު، ދިރިއުޅުމަށް ދެއްވި ގޮވެއްޗަކީ ނިޢުމަތުން ފުރިގެންވާ ސުވަރުގެއެވެ. ކުރެވުނު ކުށެއްގެ ސަބަބުން އެމަތިވެރި ވެގެންވާ ނިޢުމަތުން ބޭރުވާން ޖެހުނީއެވެ. ނަމަވެސް ތާއަބަދަށް އެނިޢުމަތުން މަޙްރޫމް ވީއެއް ނޫނެވެ. ކަނޑައެޅިފައިވާ އަޖަލެއް ޖެހެންދެން މަޑުކޮށްލަން ޖެހުނީއެވެ. ފުރިގެންވާ މިމަތިވެރި ނިޢުމަތުން އަޅަމެން ބޭރުވާން ޖެހުމުގައި ފޮރުވިފައިވާ އެތަކެއް ޙިކުމަތްތަކަކާއި ފިލާވަޅުތަކެއް ވާނޭކަން ކަށަވަރެވެ. މިއަދު އޭގެން ލިބިގަންނަންވީ ޢިބުރަތެވެ. ދުރުހެލިވާންވީ ޝައިތާނާގެ ކެހިވެރި ރޭވުންތަކާއިއެވެ. ކުރިޔަށް ނެރެންވީ ޙިކުމަތުގެ ޢަމަލެވެ. އައުކުރަންވީ އަނބުރާ އެނިޢުމަތަށް ރުޖޫޢަވުމުގެ ޢަޒުމެވެ.
ކުށްކުރުމާއި، ކުށްވެރި ކުރުމަކީ އިންސާނުންގެ ޠަބީޢަތެވެ. މާދުރުގައި ހުރެ އެންމެހާ މީސްތަކުންނަށް ލަޢުނަތްދީ ކުއްވެރި ކޮށްލަ ކޮށްލާ ހުންނަ މީހާއަށް ވުރެ، ކުށްވެރިންގެ މާހައުލެއްގައި ހުންނަމީހާގެ ހެޔޮކަން اللهގެ ޙަޟުރަތުގައި ބޮޑުވެދާނެކަން ދަންނަންވާނެއެވެ. އެކަހެރިވެގެން ހުރެ ހަމައެކަނި ކުށްވެރި ކުރުމަށްވުރެެ، ޙައްޤުވެގެންވާ މިންވަރަށް މީސްތަކުންނާއި ގާތްވުން އެއީ އެންމެ ބުއްދިވެރި ގޮތް ކަމަށް ވެދާނެއެވެ. އޭގެ ހެޔޮ އަސަރު ދާއިމަށް ދެމިގެން ދިއުންވެސް ބޮޑު ވެދާނެއެވެ. اللهގެ ޙަޟުރަތުން ބޮޑެތި މުޢުޖިޒާތްތައް އެބައެއްގެ ލޯތަކުގެ ކުރިމަތިން ފާޅުވެގެން ދިޔަ މުޖުތަމަޢުތަކުގެ ޙާލަތު މުރާޖަޢާ ކޮށްލަމާ ހިނގާށެވެ. ބަސް ޤަބޫލުނުކޮށް ޙައްޤުގެ މަގަށް ރުޖޫޢަވުމަށް ދެކޮޅު ހެދި އެތައް ބަޔަކު އެގޮތުގެ މަތީގައި ތިއްބައި މިދުނިޔެ ދޫކޮށްވަނީ ގޮސްފައެވެ. އަދި ބައެއްގެ ނަންފުޅުތައް ސުވަރުގެވަންތަ ވެރިންގެ ގޮތުގައި އިޢުލާނު ވެގެން ގޮސްފައި ވަނީ ދުނިޔޭގައި ތިއްބަވަނިކޮށެވެ. ޔަޤީންވެ ކަށަވަރު ކުރަންވީ، ޙިކުމަތްތެރިކަމާއެކު އިޚްލާޞްތެރި ހިތަކުން ކޮށްދެއްވާ މަސައްކަތް، الله ތަޢާލާ ގެއްލެނިވި ނުކުރައްވާނޭ ކަމެވެ. އަދި އޭގެ ނަތީޖާ ފޮނިވާނޭ ކަމެވެ! އިންޝާالله
ލިޔުންތެރިޔާ
ރިޟާ
މިހާތަނަށް ކޮމެންޓެއް ނެތް
މެސީގެ ހެޓްރިކަކާއި ބޮޑު ބަހުސެއް: ކާޑެއް ނުދެއްކީ ކީއްވެ؟
17 June 2026
0
އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމަށް ގަރާޖު ހުއްދަ ދޫކުރުމުގެ އުސޫލުތަކަށް ސަމާލުވުމަށް ކުޑަހުވަދޫ ކައުންސިލުން އަންގައިފި
10 June 2026
0
އެފްއޭއެމް އިން ހުރާއަށް ތަށިދީފި: ހުރާ ސަޕޯޓަރުން ކުޑަހުވަދޫއަށް މަލާމާތްކޮށްފި!
09 June 2026
0
ކުޑަހުވަދޫގައި ހުޅުވުނު "ސިޕްޓޮޕިއާ" އާއެކު ބުއިންތަކުގެ ރަހަތަކަށް އާ އިންގިލާބެއް!
09 June 2026
0
ކުޑަހުވަދޫ ހިއްކި ބިމުގައި ގެދޮރު ބިނާކުރުން ބާރުދުވެލީގައި: އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓު ނުލިބުން!
04 June 2026
1
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0