އެމްޑީޕީގެ ޓިކެޓުގައި ކުޑަހުވަދޫގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން
އެޑްމިން
އެމްޑީޕީގެ ޓިކެޓުގައި 2026 ވަނަ އަހަރު ކުޑަހުވަދޫގެ މަޤާމުތަކަށް ކުރިމަތި ލުމުގެ ފުރުޞަތު އެޕާޓީން ހުޅުވާލައިފިއެވެ.
ކުޑަހުވަދޫ ކައުންސިލަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުކަމަށް ވާދަކުރުމަށް ޝަޢުޤުވެރިކަން ހުރި ފަރާތްތަކުން ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައި ދާއިރާގެ އޮފީހުން ކޮށްފައިވާ އިޢުލާނުގައި 15 ޖޫން 2025 ގެ 14:00 ގެ ކުރިން ކުޑަހުވަދޫގެ ސެކްރެޓަރީ އަށް މެސެޖުކުރުމަށް އެދިފައިވެއެވެ. އެގޮތުން ކުޑަހުވަދޫ ދާއިރާގެ ސެކްރެޓަރީ ޙުސައިން ޝަރީފު ގެ ނަންބަރު 9892020 އަށް މެސެޖުކުރުމަށް އާއްމުކޮށް އަންގާ އިޢުލާނުކޮށްފައިވެއެވެ.
އެންމެ ފަހުން އެމްޑީޕީ ޓިކެޓުގައި ކައުންސިލުގެ ރައީސުކަން ކޮށްފައިވަނީ އަލްފާޟިލް އަޙްމަދު ޝާމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް