"ސާފު ކުޑަހުވަދޫ" ޙަރަކާތް ކާމިޔާބު ކަމާއިއެކު ނިންމާލައިފި
އެޑްމިން
ކުޑަހުވަދޫ ސާފުކުރުމުގެ ގޮތުން ކައުންސިލުން އިސްނަގައިގެން މިއަދު ކުރިއަށް ގެންދިޔަ "ސާފު ކުޑަހުވަދޫ" ޙަރަކާތް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. ރަށުގެ ހުރިހާ މުއައްސަސާތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހެނދުނު 7:00 - 10:00 އަށެވެ.
މިއަދުގެ ސާފުކުރުމުގެ ޙަރަކާތުގައި ކުޑަހުވަދޫގެ ހުރިހާ މުއައްސަސާތަކުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިގެން ދިޔަކަން ފާހަގަކުރައްވައި، ކައުންސިލުގެ ފަރާތުން މަސައްކަތުގައި އިސްކޮށް އުޅުއްވި ކައުންސިލުގެ މެންބަރު އަލްފާޟިލާ އައިޝަތު ނަޝީދާ ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރަށްވާފައެވެ. އަދި މިފަދަ ކޮންމެ ކަމެއްގައި ރަށުގެ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރަށުތެރެ ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ ރަށުގެ ހަތަރު ސަރަޙައްދަަކަށް ގުރޫޕުތައް ބަހާލައިގެންނެވެ. ޓާރގެޓް ކުރިވަރަށް ސާފުކުރުމުގެ މަސައްކަތް މިއަދު ވަނީ ނިންމާލާފައެވެ.
ޖުމުލަ ގޮތެއްގައި ރަށުގެ އެތެރޭގެ މަގުތަކުގެ ސާފުތާހިރުކަން ފާގަކަ ކުރުމާއެކު، ރަށުގެ މީހުން އެއްވެ އުޅޭ ސަރަޙައްދުތަކުގައި ބެހެއްޓިފައިވާ ޑަސްޕިންތަކުގެ ބޭނުން ހިފުމަކީ މުހިއްމު ކަމެއްކަމުގައި ނަޝީދާ ފާހަގަކުރެއްވިއެވެ.
ކުޑަހުވަދޫ އަކީ ސާފު ރަށެއްގެ ގޮތުގައި ބޭއްވުމަށް ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކުގައި ރައްޔިތުންގެ ބައިވެރިވުން ލިބޭ ރަށެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް