ދ.ވާނީ ޕޮލިސް ޓްރެއިނިންގ ސެންޓަރުން މީހަކު އިމަރޖެންސީކޮށް މާލެ ގެންގޮސްފި.
ރޭގެ ފަތިސް ނަމާދަަށް ގޮވަމުން ދިޔައިރު އޭނާ ހޭނުލައިގެން ބެލިއިރު ހުއްޓުން އަރައިފައިވާކަން ފާހަގަކުރެވުނެވެ.
މުޙައްމަދު އަމްޖަދު
ދ.ވާނީ ޕޮލިސް ޓްރެއިނިންގ ސެންޓަރުގައި ޓްރެއިނިންގ ހަަދަމުންދިޔަ މީހަކު ކުއްލިގޮތަކަށް އެއަރ އެމްބިލާންސް ގައި މިއަދު މާލެ ގެންގޮސްފިއެވެ. މިމީހާ މާލެ ގެންގޮސްފައިވަނީ މިިއަދު މެންދުރުގެ ވަގުތެއްގައެވެ.
ރޭގެ ފަތިސް ނަމާދަަށް ގޮވަމުން ދިޔައިރު އޭނާ ހޭނުލައިގެން ބެލިއިރު ހުއްޓުން އަރައިފައިވާކަން ފާހަގަކުރެވުނެވެ. އަދި އޭނާއަށް ދިމާވީ ކޮންކަމެއްކަމެއް މިހާތަނަށް ސާފުވެފައި ނުވާކަމަށް ދ.ވާނީ ސެންޓަރުން، ނަން ހާމަކުރަން ބޭނުންނުވާ ފަރާތަކުންވަނީ މަޢުލޫމާތު ދެއްވާފައެވެ. މިކަމުގެ ގުޅުންހުރި އިތުރު ތަފްޞީލެއް އަދި ލިބިފައެވެ ނުވެއެވެ.
ދ.ވާނީ ރައްޔިތުން ކުޑަހުވަދޫއަށް ބަދަލުކުރުމަށްފަހު އެރަށަކީ، ޕޮލިހުންގެ ޓްރެއިނިންގުތައް ހިންގަމުން އަންނަރަށެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް