ޑރ.ސައްތާރުގެ ދަރުސް މާއެނބޫދޫގައި
ޑރ.ސައްތާރަކީ ދިވެހިރާއްޖޭގެ އެތަކެއް އެދުރުންނެއްގެ ލޮބުވެތި އުސްތާޛެކެވެ. ދީނީ މަޢުލޫމާތު ފޯރުކޮށް ދިނުމުގައި ފާހަގަކޮށްލެވޭ ޝަޚްސިއްޔަތެކެވެ.
މުޙައްމަދު އަމްޖަދު
ޑރ.ސައްތާރުގެ ދަރުހެއް މިއަދު (2 މެއި 2025) ގައި ދ.މާއެނބޫދޫގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
ދ.މާއެނބޫދޫ ކައުންސިލުން މި ދަރުސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ އިދާރާގެ ހޯލުގައި މިއަދު ޢަޞްރުފަހު 4:00 ގައެވެ. މިއީ ޑރ.ސައްތާރު ކުޑަހުވަދޫއަށް ކުރައްވާ ދަތުރުގެ އިތުރު ބޮޅެކެވެ.
ޑރ.ސައްތާރަކީ ދިވެހިރާއްޖޭގެ އެތަކެއް އެދުރުންނެއްގެ ލޮބުވެތި އުސްތާޛެކެވެ. ދީނީ މަޢުލޫމާތު ފޯރުކޮށް ދިނުމުގައި ފާހަގަކޮށްލެވޭ ޝަޚްސިއްޔަތެކެވެ.
މިއީ ޑރ.ސައްތާރު މާއެނބޫދައި ދެއްވާ ފުރަތަމަ މިފަދަ ދަރުސްކަން ފާހަގަކުރެވެއެވެ. ރަށްރަށުގެ ކައުންސިލުން، ޖަމްޢިއްޔާ ޖަމާޢަތްތަކާއި ގުޅިގެން ހިންގޭ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޙަރަކާތްތަކަކީ މުޖުތަމަޢުގެ ލާބަޔާއި މަންފާއަށް ކުރެވޭ ނުހަނު ބޭނުންތެރި ފައިދާހުރި މަސައްކަތްތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް