މަންތާ އެއަރގެ މުޅިން އައު ޑީ ހެވިލެންޑް ޑީއެޗްސީ-6 ޓްވިން އޮޓާއެއް.
މުޙައްމަދު އަމްޖަދު
ދިވެހިރާއްޖޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއަރލައިން މަންތާ އެއަރގެ މުޅިން އައު ޑީ ހެވިލެންޑް ޑީއެޗްސީ-6 ޓްވިން އޮޓާއެއް ގެނެސް ފްލީޓް ފުޅާކޮށްފިއެވެ.
2019 ވަނަ އަހަރު މަންތާ އެއަރ ލޯންޗުކުރި ފަހުން ސީޕްލޭން އަދި އޭޓީއާރު ޑޮމެސްޓިކް އޮޕަރޭޝަންތަކާއެކު މުޅި ދިވެހިރާއްޖޭގެ އެތައް ރިސޯޓަކަށް އަންނަނީ ޚިދުމަތް ދެމުންނެވެ. އެ އެއަރލައިނުން ރާވާފައި ވަނީ 2025 ވަނަ އަހަރުގެ ތިން ވަނަ ކުއާޓަރުގެ ނިޔަލަށް އިތުރު ތިން ޓްވިން އޮޓާ މަތިންދާބޯޓު ތަޢާރަފުކޮށް، މި ސަރަޙައްދުގެ ލީޑިންގ ޕްރީމިއަމް އެއަރ ޓްރާންސްޕޯޓް ޕްރޮވައިޑަރުގެ މަޤާމު އިތުރަށް ހަރުދަނާކުރުމަށެވެ.
މި މަތިންދާބޯޓް މިހާރުވަނީ ދ.އަތޮޅުގައި ހުންނަ މަންތާ އެއަރގެ ބޭސްއަށް ގެނެސްފައެވެ. މި ބޯޓަށް ބަދަލުތަކެއް ގެނެސް، ސީޕްލޭން އޮޕަރޭޝަނަށް ތައްޔާރު ކުރުމަށްޓަކައި ފުރޮޅު، ކަނދަށް ބަދަލުކުރާނެއެވެ.
ޑީއެޗްސީ-6 ޓްވިން އޮޓަރަކީ، ކުރު ރަންވޭތަކަށް ޖެއްސޭގޮތަށް ފަރުމާ ކޮށްފައިވާ ވަރުގަދަ މަތިންދާބޯޓެކެވެ. ޑި ހެވިލެންޑް ކެނެޑާއިން އުފައްދާފައިވާ ޓްވިން އޮޓަރަކީ ސަރަޙައްދީ ދަތުރުފަތުރާއި ސްކައިޑައިވިންގ އަދި ސީޕްލޭން އޮޕަރޭޝަންތަކަށް ގިނައިން ބޭނުންކުރާ ބޯޓަކަށް ވާތީ މިއީ ދިވެހިރާއްޖެފަދަ ޖަޒީރާ ޤައުމުތަކަށްވެސް ރަނގަޅު މަތިންދާބޯޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް