ޚަބަރު
އާރ.ސީ.ސީގެ މަސައްކަތްތައް ކުޑަހުވަދޫގައި ފެށުމަށް ތައްޔާރުވަނީ
ކުޑަހުވަދޫ ކައުންސިލުން އާރ.ސީ.ސީ އާއިއެކު މިއިދު، ކުޑަހުވަދޫ ކައުންސިލުގެ އިދާރާގައި ވަނީ ބައްދަލުވުމެއް ބާވައިފިއެވެ. މިއީ ކުޑަހުވަދޫގައި އާރ.ސީ.ސީ އިން ކައުންސިލާއި ގުޅިގެން ބިނާކުރުމަށް ހަމަޖެހިފައި "މާވޭރު ޓާވަރ އޭ" ގެ މަޝްރޫޢުގެ މަސައްކަތް ޢަމަލީ ގޮތުން ފުށުމަށްޓަކައި ކުރެވުނު މަޝްވަރާ ބައްދަލުވުމެކެވެ.
މިއަދު ކުރިއަށް ދިޔަ ބައްދަލުވުމުގައި، އާރ.ސީ.ސީގެ މަސައްކަތު ސައިޓު ތައްޔާރު ކުރާނޭ ސަރަޙައްދަކާއި ބެހޭ ގޮތުންނާއި، މަސައްކަތް ކުރުމަށް ކުޑަހުވަދޫގައި ޤާއިމުވެ ތިބޭ ސްޓާފުންގެ އެކަމަޑޭޝަން ބްލޮކް އަޅާނޭ ތަނަކާއިމެދު މަޝްވަރާތައް ކުރެވިގެން ދިޔަކަމަށް، ކައުންސިލުގެ އެސް.ޖީ އަލްފާޟިލް މުޙައްމަދު ޝިހާމު ކުޑަހުވަދޫ އޮންލައިނަށް މަޢުލޫމާތު ދެއްވިއެވެ. އަދި މީގެ އިތުރުން ކުޑަހުވަދޫ އާއި ބެހޭ މަޢުލޫމާތު އެއްކޮށް ކުޑަހުވަދޫ ޕްރޮމޯޓް ކުރުމަށް އާރ.ސީ.ސީ އިން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށްފައިވެއެވެ.
މިހިނގާ މެއި މަހުގެ 21 ވަނަ ދުވަހުގައި "މާވޭރު ޓަވަރ އޭ" ގެ މަސައްކަތްތައް ފެށުމައްޓަކައި 20 ލޭބަރުން ކުޑަހުވަދޫއަށް އަންނާނެއެވެ. މި ބިޔަ ޕްރޮޖެކްޓުގެ ސަބަބުން، ކުޑަހުވަދޫއަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ފަހި ފުރުޞަތެއް މިވަނީ ތަނަވަސްވެގެން ގޮސްފައެވެ.
އާރުސީސީން ކުޑަހުވަދޫގައި ތަރައްޤީކުރާ ޓަވަރ އޭ މަޝްރޫޢުގެ ދަށުން ހަދާނީ 2 ބްލޮކްގެ 80 އެޕާޓްމަންޓެވެ. މިއިން ކޮންމެ ޓަވަރެއްގައި 2 ލިފްޓް ހުންނާނެއެވެ. އަދި މި އެޕާޓްމަންޓްތަކުގައި 3 ކޮޓާރިއާއި 3 ފާޚާނާ ހުރެއެވެ. އާރުސީސީން މިހާރު ވަނީ އެޕާޓްމަންޓްތައް ގަންނަން ހުޅުވާލާފައެވެ. އެގޮތުން އާރުސީސީއަށް ގުޅުމުން ނުވަތަ ވެބްސައިޓުން އެޕާޓްމަންޓް ގަތުމާ ގުޅޭ މަޢުލޫމާތު ލިބޭނެކަމަށް އެ ކުންފުނިން ބުނެއެވެ.
ލިޔުންތެރިޔާ
އެޑްމިން
މިހާތަނަށް ކޮމެންޓެއް ނެތް
'އުޚްތީ' ހެދުންވިއްކާ އައުފިހާރައެއް މިރޭ ކުޑަހުވަދޫގައި ހުޅުވަނީ
23 May 2026
0
މެޗުން މޮޅުވީ ކުޑަހުވަދޫ، މައްސަލައަށްފަހު މުބާރާތުގެ ތަށި ހުރައަށް!
23 May 2026
0
މިފަހަރު ޢީދަށް ކުޑަހުވަދޫއަށް ދާންވީ ސަބަބުތަކަށް ބަލާލަމާ!
22 May 2026
0
ކުޑަހުވަދޫއިން ހުރާ ބަލިކޮށް ބީ.އެމް.އެލް ސެންޓްރަލް ރީޖަންގެ ޗެމްޕިއަންކަން ހޯދައިފި
22 May 2026
2
ފެނަކަ ކުޑަހުވަދޫ ބުރާންޗަށް އައު ޖަނަރޭޓަރެއް ގެނެސްފި.
19 October 2025
4
"ރޯސް ބްލޫމްސް" ދ.ކުޑަހުވަދޫގައި މާ ވިއްކާ ފިހާރައެއް ހުޅުވައިފި
18 October 2025
2