ދަރިން ތަރުބިއްޔަތު ކުރުމަކީ ދީނީކަމެއް: ޝެއިޚް މުޖުތަބާ
މުސްލިމުއަޅާ ކުރާ ކޮންމެ ކަމަކީވެސް ދީނީ ކަމަކަށް ހެދުމަށް ގަދައަޅާ މަސައްކަތް ކުރަންޖެހޭކަމަށް ޝެއިޚް މުޖުތަބާ ވިދާޅު ވެއްޖެއެވެ. މިއަދު މާއެނބޫދޫ މަދަރުސާގެ ބެލެނިވެރިންނަށް ހިންގުނު ތަރުބަވީ ޕްރޮގުރާމުގައި ޝެއިޚް ވިދާޅުވީ ދަރިން ތަރުބިއްޔަތު ކުރުމަކީ ދީނީ ކަމެއްކަމާއި އެއީ މަތިވެރި ދީނީ އަޅުކަމެއް ކަމުގައެވެ.
އެޑްމިން

ޝައިޚް އިތުރަށް ފާހަގަކުރެއްވީ މިއަދު ތަރުބިއްޔަތުގެ އެންމެ ބޮޑު ގޮންޖެހުމަކީ ދަރިންނަށް ފޯނާއި އިންޓަނެޓް އިމެއްނެތްވަރަށް ދޫކޮށްލެވުމެވެ. އަދި ކުދިންގެ ސްކްރީން ޓައިމް އިތުރުވެގެން ދިއުމެވެ. އެކަމުގެ ސަބަބުން އިޖުތިމާޢީ ގުޅުންތަކަށް ހީނަރުކަން އަންނަކަމަށާއި ދަރިންގެ ޞިއްޙަތަށް އަސަރުކުރާކަން ޝެއިޚް ފާހަގަކުރެއްވިއެވެ.
ސްކްރީން ޓައިމް މެނޭޖުކުރަން ކުދިންނަށް ދަސްކޮށްދޭންޖެހޭ ކަން ފާހަގަކޮށް، އޭގެ ނުރައްކާ ބޮޑުވެފައިވާތީ އެކަންކަމަށް ހޭލުންތެރިވާންވީ ގޮތްތައް ތަފާތު މިސާލުތައް ގެނެސްގެން ޝެއިޚް ވަނީ ސެޝަންގައި ގެނެސްދީފައެވެ.
މާއެނބޫދޫ މަދަރުސާގެ ގިނަ ޢަދަދެއްގެ ބެލެނިވެރިން މިއަދުގެ ސެޝަންގައި ބައިވެރިވިއެވެ. މިއީ ޖަމްޢިއްޔަތުއްސަލަފާއި ޔުނައިޓެޑު އިސްލާމިކް ސޮސައިޓީ އަދި މާއެނބޫދޫ މަދަރުސާ ގުޅިގެން ކުރިއަށް ގެންދެވުނު ސެޝަނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް