ރިޕޯޓް
ކުޑަހުވަދޫ ހިއްކި ބިމުގައި ގެދޮރު ބިނާކުރުން ބާރުދުވެލީގައި: އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓު ނުލިބުން!
ދ. ކުޑަހުވަދޫ ހިއްކި ސަރަހައްދުން ބިން ދޫކުރިތާ މާ ގިނަދުވަސްތަކެއް ނުވެ، އެ ބިންތަކުގައި ގެދޮރު ބިނާކުރުމުގެ މަސައްކަތް ގޭގޭގެ ވެރިފަރާތްތަކުން އަންނަނީ ވަރަށް ބާރުދުވެލީގައި ކުރަމުންނެވެ. އަމިއްލަ ފުރާޅެއްގެ ދަށުގައި ދިރިއުޅުން އާރާސްތުކުރުމުގެ ފޮނި އުންމީދާއެކު އެކި ގޮތްގޮތުން ފައިސާ ހޯދައިގެން ރައްޔިތުން މި މަސައްކަތް ކުރަމުން އަންނައިރު، މިހާރުވެސް ބައެއް ގޭގޭގެ މަސައްކަތް އެއްކޮށް ނިމި ދިރިއުޅުން ބަދަލުކުރަން ވަނީ ތައްޔާރުވެފައެވެ. ނަމަވެސް، މި ހުރިހާ އުންމީދުތަކެއްގައި ކޮޅުފައިން ޖަހަމުންދާ އެންމެ ބޮޑު ހުރަހަކީ އެ ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް ލިބިފައި ނެތުމެވެ.
މިކަމާ ގުޅޭގޮތުން "ކުޑަހުވަދޫ އޮންލައިން" އަށް މަޢުލޫމާތު ހިއްސާކުރި އެ ރަށުގެ ޢާންމު ރައްޔިތަކު ކަންބޮޑުވުން ފާޅުކުރަމުން ބުނީ، މާލެ ސަރަހައްދުގައި އަލަށް ތަރައްޤީކުރާ ތަންތަނަށް ކަރަންޓާއި، ނަރުދަމާއާއި، ފެނުގެ އިތުރުން މަގުތައް ހެދުމުގެ ޚިދުމަތްވެސް ފޯރުކޮށްދެމުންދާ ކަމަށެވެ. ނަމަވެސް ރަށްފުށުގައި މިފަދަ އަސާސީ ޚިދުމަތްތައް ހޯދުން ވަނީ އިންތިހާއަށް ދަތިކަމަކަށް ވެފައެވެ.
"އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން ގެދޮރު ބިނާކޮށް، އަމިއްލަ ދިރިއުޅުމަކަށް ދާން އުންމީދުކޮށްގެން ތިބި ބައެއްގެ މުދަލަށް މިދެވެނީ ކިހާ ބޮޑު ގެއްލުމެއް؟ މިއީ ރައްޔިތުންގެ އިޙުސާސުތަކާ ކުޅުން،" ކަންބޮޑުވުން ފާޅުކުރި ރައްޔިތަކު ބުންޏެވެ.
ހިއްކި ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޓްރާންސްފޯމަރުތައް ބެހެއްޓުމަށް 4 ތަނެއް އިމާރާތްކޮށްފައިވީ ނަމަވެސް، އިތުރު އެއްވެސް މަސައްކަތެއް މިހާތަނަށް އެސަރަހައްދުގައި ކުޑަހުވަދޫ ފެނަކަ ބްރާންޗުގެ ފަރާތުން ކަރަންޓުގެ ޚިދުމަށް ފެށުމައްޓަކައި ކުރަމުން އައިސްފައެއްނުވެއެވެ. އަދި އެސަރަހައްދަށް ކަރަންޓު ދެވޭނެ ވަގުތެއް ނުވަތަ ދުވަހެއްވެސް އެއްވެސް މުއައްސަސާއަކުން މިހާތަނަށް އަންގާފައެއް ނުވެއެވެ.
ކަރަންޓު ނެތުމުގެ ސަބަބުން ގެދޮރު އިމާރާތްކުރާ ފަރާތްތަކުގެ އިތުރުން، އެ ސަރަހައްދުގައި ބޮޑެތި މަޝްރޫޢުތައް ހިންގާ ކޮންޓްރެކްޓަރުންނަށްވެސް މަސައްކަތް ކުރިއަށް ގެންދިއުމުގައި އެތަކެއް ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
ކޮންމެ ބަޔަކުވެސް ވެރިކަމަށް އައުމުގެ ކުރިން ދައްކާ އެންމެ ބޮޑު ވާހަކައަކީ ބޯހިވާވަހިކަމުގެ ސިޔާސަތެވެ. ކޮންމެ އިންތިޚާބެއްގެ ކެމްޕެއިނާ ދިމާކޮށް މި އަޑު ގަދަވެފައި، އިންތިޚާބު ނިމުމުން މި އަޑު މަޑުވެގެންދާކަމީ ހިތާމަހުރި ކަމެކެވެ. މިއީ އެތައް ބައެއްގެ އިޙުސާސުތަކާ ވަރަށް ބޮޑަށް ކުޅެލުން ކަމަށް މި ކަން ތަހައްމަލުކުރަމުންދާ ފަރާތްތަކުން ސިފަކުރެއެވެ.
ކުޑަހުވަދޫ ހިއްކި ސަރަހައްދު ގައި ގެދޮރު ބިނާކުރަމުންދާ ރައްޔިތުން މިހާރު ތިބީ މިކަމަށް އަވަސް ޙައްލަކަށް ބޭނުންވެ، އިންތިޒާރުގައެވެ. މިކަމަށް ޒިންމާވާ ފަރާތްތަކުން ލަސްނުކޮށް، ރައްޔިތުންގެ މި އަސާސީ ބޭނުން ފުއްދައިދީ، އަވަސް ޙައްލެއް ހޯދައިދޭންޖެހެއެވެ.
ލިޔުންތެރިޔާ
އެޑްމިން
މިހާތަނަށް ކޮމެންޓެއް ނެތް
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0
ބޭއިންސާފު ނިންމުންތަކެއް؛ އެފް.އޭ.އެމްގެ ނިންމުން އަލުން ބެލުމަށް ކުޑަހުވަދޫ ކައުންސިލުން އިލްތިމާސްކޮށްފި.
28 May 2026
0
ޢަރަފާތް ދުވަހުގެ އެންމެ މާތް ދުޢާ: މާނައާއި މުހިންމުކަން
25 May 2026
0
އާއިލާއާއި ރައްޓެހިންނާއެކު މަސްދަތުރަކަށް ދާން ބޭނުންތަ؟ "އައްކޮ ފިޝިންގ" އަކީ ހަމަ އެއްވަނަ!
25 May 2026
0
ޢީދަށް މަރުޙަބާ ކިޔުމަށް ކުޑަހުވަދޫގެ ހިތްގައިމު "ފިތުރޯނު ސަރަހައްދު" ރައްޔިތުން ގުޅިގެން ސާފުކޮށްފި
24 May 2026
1
ޢީދަށް ތައްޔާރުވުމުގެ ގޮތުން "ވައްލަ" ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި
24 May 2026
0