ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާއިން ކުޑަހުވަދޫ ކައުންސިލަށް ފޮތް ހަދިޔާކޮށްފި
މިއީ އެކި ދާއިރާތަކުގެ ފޮތް ހިމަނައިގެން، ކުޑަހުވަދޫ ކައުންސިލަށް ކުރެވިފައިވާ ހަދިޔާއެއްކަމުގައި ކުތުބުޚާނާއިން ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް ހަދިޔާކޮށްފައިވާ ދާއިރާތަކުގެ ތަފްޞީލު ހާމަކޮށްފައެއް ނުވެއެވެ.
އާދަމް ޝާމް
ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާއިން ދ.ކުޑަހުވަދޫ ކައުންސިލަށް އެކި ދާއިރާތަކުގެ 340 ފޮތް ހަދިޔާކޮށްފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ ޤައުމީ ކުތުބުޚާނާގެ ރަސްމީ އެކްސް އެކައުންޓުންނެވެ.
ޤައުމީ ކުތުބުޚާނާއިން މިކަން ހާމަކުރަމުން ބުނެފައިވަނީ، ކުޑަހުވަދޫ ކައުންސިލުން ރަށުގެ ރައްޔިތުންގެ މެދުގައި ޢިލްމު އުނގެނުމުގެ ރޫޙު އާލާކުރުމަށް ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު އަދާކުރާކަމުގައެވެ.
މިއީ އެކި ދާއިރާތަކުގެ ފޮތް ހިމަނައިގެން، ކުޑަހުވަދޫ ކައުންސިލަށް ކުރެވިފައިވާ ހަދިޔާއެއްކަމުގައި ކުތުބުޚާނާއިން ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް ހަދިޔާކޮށްފައިވާ ދާއިރާތަކުގެ ތަފްޞީލު ހާމަކޮށްފައެއް ނުވެއެވެ.
ޤައުމީ ކުތުބުޚާނާއިން މިފަދަ ހަދިޔާތައް ރާއްޖޭގެ އެކި ރަށްރަށަށް ދެމުންދާކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ކިޔުންތެރިކަން އިތުރުވެ، ޢިލްމީގޮތުން މުޖުތަމަޢު ކުރިއަރައިގެން ދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ޤަބޫލުކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް