ޑައިވިންއަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ޚާއްސަ ކޯސްތަކެއް ކުޑަހުވަދޫގައި ފަށަނީ
މި ކޯސްތައް ކުރިއަށް ގެންދަވާނީ ކަމުގެ ޤާބިލް ސެޓިފައިޑް އިންސްޓްރަކްޓަރެކެވެ. "މި ކޯސްތަކުން ރަށުގެ ޒުވާނުންނަށް އާ ހުނަރުތަކެއް ދަސްކޮށްދީ، ފަތުރުވެރިކަމުގެ ދާއިރާއިން ވަޒީފާގެ ފުރުޞަތުތައް ހޯދުމަށް ފަސޭހަވެ މަސްވެރިކަން ކުރާ ފަރާތްތަކަށްވެސް މުހިއްމުކަމަކަށް ވެގެންދާނެކަމަށް އަޅުގަނޑު އުއްމީދުކުރަން،
އެޑްމިން
ދ. ކުޑަހުވަދޫގައި ސްކޫބާ ޑައިވިންގ ދަސްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ދެ ކޯހެއް ފެށުމަށް އިޢުލާންކޮށްފިއެވެ. އެއީ އޯޕަން ވޯޓަރ ޑައިވަރ އަދި އެޑްވާންސް އޯޕަން ވޯޓަރ ޑައިވަރ ކޯސްތަކެވެ. އޯޕަން ވޯޓަރ ޑައިވަރ ކޯހުގެ ފީއަކީ 6000 ރުފިޔާ އަދި ސެޓްފިކެޓް ފީގެ ގޮތުގައި 100 ޑޮލަރު ނެގުމަށް ހަމަޖެހިފައިވާއިރު އެޑްވާންސް އޯޕަން ވޯޓަރ ޑައިވަރ ކޯހުގެ ފީއަކީ 5000 ރުފިޔާއެވެ. އަދި މި ކޯހުގެ ސެޓްފިކެޓް ފީގެ ގޮތުގައިވެސް 100 ޑޮލަރު ނެގުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޯސްތައް ކުރިއަށް ގެންދަވާނީ ކަމުގެ ޤާބިލް ސެޓިފައިޑް އިންސްޓްރަކްޓަރެކެވެ. "މި ކޯސްތަކުން ރަށުގެ ޒުވާނުންނަށް އާ ހުނަރުތަކެއް ދަސްކޮށްދީ، ފަތުރުވެރިކަމުގެ ދާއިރާއިން ވަޒީފާގެ ފުރުޞަތުތައް ހޯދުމަށް ފަސޭހަވެ މަސްވެރިކަން ކުރާ ފަރާތްތަކަށްވެސް މުހިއްމުކަމަކަށް ވެގެންދާނެކަމަށް އަޅުގަނޑު އުއްމީދުކުރަން،" ކޯސް ހިންގާ ފަރާތް ޢަލީ ހިޝާމް މި ނޫހަށް މަޢުލޫމާތު ހިއްސާކުރަމުން ވިދާޅުވިއެވެ.
ކޯސްތަކުގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 9485383 ނަންބަރަށް މެސެޖް ކުރުމަށް ނުވަތަ ގުޅުމަށް އެދިފައިވެއެވެ.
މި ކޯސްތަކަކީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ލިބިގެންދިޔަ ރަނުގެ ފުރުޞަތެކެވެ. އަދި މިފަދަ ކޯސްތަކުން ރަށުގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ޤަބޫލް ކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް