ކުޑަހުވަދޫގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ ތާވަލާއި އެއްގޮތަށް.
އެޑްމިން
ޒަމާނީ ފެންވަރަށް ކުޑަހުވަދޫގައި ތަރައްޤީ ކުރެވެމުން އަންނަ މަގުތަކުގެ މަސައްކަތްތައް ތާވަލު ކުރެވިފައިވާ ގޮތަށް ކުރިއަށްދާކަމުގައި އާރުޑީސީއިން ހާމަކޮށްފިއެވެ. އެކުންފުނިން ކުޑަހުވަދޫ މަގުތަކާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާކޮށްފައިވަނީ އެކްސްގައެވެ.
މިގޮތުން ކުޑަހުވަދޫގެ އޯކިޑް މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތާއި މަގު ލެވެލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެކުންފުނިން ބުނެއެވެ. މީގެ ކުރިން އާރުޑީސީ އިންވަނީ، ދޮށިމޭނާ މަގުގައި ސްޓޯމް ވޯޓާ ލައިން އެޅުމުގެ މަސައްކަތްކޮށްފައެވެ. އަދި ސްޓޯމް ވޯޓާ ޓޭންކް ބެހެއްޓުމުގެ މަސައްކަތްތައް ވެސް އެކުންފުނިންވަނީ ވަނީ ކޮށްފައެވެ.
ކުޑަހުވަދޫގައި އަލަށް ތަރައްޤީކުރެވޭ މަގުތަކުގެ މަސައްކަތްތައް ފަށާފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައެވެ. ޑރ. މުޢިއްޒުގެ ސަރުކާރުން އަންނަނީ ކުޑަހުވަދޫގެ މަގުތައް ނިންމުމަށް މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް