ދެވަނަ މެޗުން ވެސް މޮޅުވެ ކުޑަހުވަދޫ ފައިނަލާ ގާތަށް

7 months ago

ކުޑަހުވަދޫ އޮންލައިން

މިނިވަން ޗެމްޕިއަންޝިޕް ފަސްވަނަ ޒޯންގައި މިއަދު ކުޅުނު މެޗު ވެސް ކާމިޔާބު ކޮށް ކުޑަހުވަދޫން ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

ކުޑަހުވަދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗުން އެ ޓީމު މޮޅުވީ ވ.ފުލިދުއާ ވާދަކޮށް 1-0 ގެ ނަތީޖާ އަކުންނެވެ.

މެޗުގެ ހަމައެކަނި ގޯލް ކުޑަހުވަދުއަށް ކާމިޔާބު ކޮށްދިނީ އަބުދުލް ހާލިގެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޑަހުވަދޫގެ ފަރުހާދު އާމިރެވެ.

މިއަދު ހޯދި މޮޅާއެކު ކުޑަހުވަދޫން ވަނީ ޖުމްލަ ހަ ޕޮއިންޓް ހޯދާ ފައިނަލާއި ގާތަށް ޖެހިލާފައެވެ. އެ ޓީމުން ފުރަތަމަ ކުޅުނު މެޗުގައި ބިލެތްދޫ ބަލިކުރީ 3-0 ގެ ނަތީޖާ އަކުންނެވެ.

ތިން ޕޮއިންޓާއެކު ފުލިދޫ ދެވަނައިގައި އޮތްއިރު މުލަކާއި ބިލެތްދުއަށް އެއްވެސް ޕޮއިންޓެއް އަދި ނުލިބެއެވެ.


ފަސްވަނަ ޒޯނުގައި މާދަމާ ބައްދަލު ކުރާނީ މ.އަތޮޅު ޗެމްޕިއަން މުލަކާއި ފ.އަތޮޅުގެ ޗެމްޕިއަން ބިލެތްދު އެވެ. މި ދެ ޓީމު ވެސް ފުރަތަމަ ކުޅުނު މެޗުން ބަލިވެފައިވާތީ މުބާރާތުގައި ކުރިއަށް ދިޔުމަށް ދެ ޓީމަށް ވެސް މިއީ މުހިންމު މެޗެކެވެ.

ކިޔުންތެރިންގެ ހިޔާލު