ތިން ވަނަ ދައުރުގެ ކައުންސިލް މެމްބަރުން ހުވާކުރުމުގެ ދަރުބާރު ބާއްވައިފި

3 months ago

އާދަމް ޙަނީފް

މެއި މަހުގެ 6 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކުޑަހުވަދޫ ކައުންސިލަށް އިންތިހާބުވި 5 ކައުންސިލަރުން ކައުންސިލް މެމްބަރުކަމުގެ ހުވާކުރުމުގެ ދަރުބާރު ބާއްވައިފިއެވެ.


މިއަދު މެންދުރު މަލްޓިޕާޕަސްގެ ޖަލްސާކުރާ ހޯލްގައި ކުރިއަށްދިޔަ މި ޙާއްސަ ދަރުބާރުގައި ހުވައި ލައިދެއްވީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުޙައްމަދު ޢަބްދުއްރައްޒާޤް އެވެ. އަލަށް އިންތިހާބުވި ކައުންސިލަރުން ހުވައި ކުރުމުގެ ދަރުބާރުގައި ނިމިދިޔަ ކައުންސިލްގެ ދެވަނަ ދައުރުގެ ކައުންސިލަރުންނާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިން އަދި އާއްމު ރައްޔިތުންވެސް ބައިވެރިވެލެއްވިއެވެ.


ޖުމްލަ 11 ކެނޑިޑޭޓުން ވާދަކުރި ކުޑަހުވަދޫ ކައުންސިލްގެ ހަތަރު ގޮނޑި މިފަހަރު ކާމިޔާބުކުރެއްވީ އެމް.ޑީ.ޕީ ޓިކެޓުގައި ވާދަކުރެއްވި ބޭފުޅުންނެވެ. އެއީ އަޙްމަދު ޝާމް، އަބްދުﷲ ޖަމީލް، ޢަލީ ސަޢުދު އަދި އަޙްމަދު މަޢުރޫފުވެ. ފަސްވަނަ ގޮނޑި ކާމިޔާބުކުރެއްވީ ޕީ.ޕީ.އެމް ޓިކެޓުގައި ވާދަކުރެއްވި އަޙުމަދު ޝާއިނުވެ. ތިން ވަނަ ދައުރު ކައުންސިލްގެ ސާފު އަޣުލަބިއްޔަތު އެމްޑީޕީ ވަނީ ހޯދައިފައެވެ.


 


ކިޔުންތެރިންގެ ހިޔާލު