އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

1 year ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

1 year ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

1 year ago

ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޑރ ޝަހީމް ހަމަޖައްސައިފި

1 year ago

ކުޑަހުވަދޫ އޮންލައިން

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް އިސްލާމިކް ޔުނިވާރސިޓީގެ ޗާންސެލާރގެ މަގާމުގައި ހުންނެވި ޑރ މުޙަންމަދު ޝަހީމް އަލީ ސައީދު މިރޭ ހަމަޖައްސަވައިފިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި ރައީސް ޑރ ވަޙީދާއި ރައީސް ޔާމީންގެ ސަރުކާރުގައިވެސް އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޑރ ޝަހީމް މިއަހަރު ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންމޭޓަކަށް ހަމަޖެއްސެވީ މިރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއްގައެވެ.

ކީރިތި ޤުރުއާން ހިތުދަސް ކުރައްވާފައިވާ ޑރ ޝަހީމަކީ ފިގްހް އަދި އުސޫލުލް ފިގްހުއިން ޕީއެޗްޑީސީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އއ. މާމެންދޫއަށް އުފަން ޑރ ޝަހީމަކީ މަޝްހޫރު ދީނީއިލްމްވެރިޔެއްވެސް މެއެވެ. މެލޭޝިޔާގެ އިސްލާމިކް ޔުނިވާރސިޓީންނާއި މަދީނާގެ އިސްލާމިކް ޔުނިވާރސިޓީން ތައުލީމް ޙާސިލް ކުރެއްވި ޑރ ޝަހީމަކީ އަދާލަތު ޕާޓީ އުފެއްދުމުގައިވެސް އިސްރޯލެއް ކުޅުއްވި ބޭފުޅެކެވެ. ސިޔާސީ ހަޔާތް ފެއްޓެވީވެސް އަދާލަތު ޕާޓީންނެވެ. ޑރ ޝަހީމަކީ މިހާރު ނައިބު ރައީސް ކަމުގައި ހުންނެވި ޖިހާދުގެ ޅިޔަނެއްވެސް މެއެވެ.

ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޑރ ޝަހީމް މިރޭ ހަމަޖެއްސެވިއިރު އެމަނިކުފާނު 2013 ވަނަ އަހަރުގެ އިންތިޚާބަށް ނުކުމެވަޑައިގަތީ ޑރ މުހަންމަދު ޖަމީލް އަޙްމަދު ރަނިންމޭޓަކަށް ލައްވައިގެންނެވެ. ނަމަވެސް ވެރިކަމުގެ ވަކިހިސާބަކުން ޑރ ޖަމީލުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުން ނަގައި ޑރ ޖަމީލް ނައިބު ރައީސް ކަމުން ދުރުކުރިއެވެ. އެއަށް ފަހު ދެން ނައިބު ރައީސް ކަމަށް ވަޑައިގަތީ އަޙްމަދު އަދީބެވެ. ނަމަވެސް ގިނަދުވަސް ތަކެއްނުވެ އަދީބު ވަނީ މަގާމުން ވަކިކުރައްވާފައެވެ. އަދި ޖަލަށް ލެވުނެވެ. އަދީބު ޖަލަށް ލެވުނީ ރައީސް ހުންނަވަނިކޮށް ރިޔާސީ ލޯންޗު ކޮޅުގައި އެއްޗެއް ގޮއްވާލި ކަމުގެ ކުށުގައެވެ. އެއަށް ފަހު ނައިބު ރައީސް ކަމަށް ހަމަޖެއްސެވީ ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވި ޖިހާދެވެ.

ކިޔުންތެރިންގެ ހިޔާލު