އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ދިވެހި ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

5 years ago

ކުޑަހުވަދޫ އޮންލައިން


ޑިފެންސް މިނިސްޓްރީން ވަނީ ސިފައިންގެ ދިހަ ދާއިރާއަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

އެ ދިހަ ދާއިރާއަކީ މެރިކް ކޯރ، ސްޕެޝަލް ފޯސަސް، ފަޔަރ އެންޑް ރެސްކިއު ސަރވިސް، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް، ކޯސްޓްގާރޑް، މިލިޓަރީ ޕޮލިސް، މެޑިކަލް ސަރވިސް، މިލިޓަރީ އިންޖީނިއަރސް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖީނިއަރސް އަދި ސަޕޯޓް ސަރވިސްއެވެ.

އެ ވަޒީފާތަކަށް ކުރިމަތިލެވޭ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތް، އުމުރުން 18 އަހަރާ 25 އަހަރާ ދެމެދުގެ މީހަކަށް ވުމެވެ.

އެމީހަކީ ފާއިތުވި ފަސް އަހަރުދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމުގައި ވެގެން ނުވާނެ ކަމަށް ޑިފެންސް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލަނީ ފިރިހެނެއް ނަމަ އިސްކޮޅުގައި ފަސްފޫޓު ފަސް އިންޗި، އަންހެނެއް ނަމަ ފަސް ފޫޓު ތިން އިންޗި ހުންނަން ޖެހެއެވެ.

ވަޒީފާއަށް މީހުން ހޮވުމުގައި އެ ޝަރުތުތަކުގެ އިތުރަށް އިންޓަވިއުތަކަށާއި، ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބަލާނެއެވެ.

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް އިއްޔެއިން ފެށިގެން ފޯމު ދޫކުރަން ފަށާފައިވާ އިރު، ފޯމު ދޫކުރާ އެންމެ ފަހު ތާރީހަކީ މިމަހުގެ 25 ވަނަ ދުވަހެވެ. އަދި މިމަހުގެ 25ގެ ނިޔަލަށް ޑިފެންސް މިނިސްޓްރީން ފޯމު ބަލައިގަންނަ ގޮތަށް ހަމަޖެހިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު