
ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
5 years ago
މިއީ ޒުވާން ފިރިހެނެއްގެ ވާހަކައެކެވެ. މިއީ ވަރަށް ފަޤީރު ފިރިހެނެކެވެ. ފަޤީރުކަމާއި އެކު ސިފަ ހުތުރު މީހެއްވެސްމެއެވެ. ޞަޙާބީން އޭނާއަށް ނިސްބަތް ކުރައްވަނީ ހުތުރު މީހާގެ ލަޤަބުންނެވެ. މީހަކު އޭނާއާއި ދިމާލަށް ބަލާލައިފިނަމަ، އެހެންދިމާއަކަށް މޫނު އަނބުރާލަން ބޭނުންވެއެވެ.
ﷲ ޞުބުޙާނަހޫ ވަތަޢާލާ އޭނާ އުފައްދަވާފައިވަނީ ފަޤީރު، ޙައިސިއްޔަތެއް ނެތް، ހުތުރު މީހެއްގެ ގޮތުގައެވެ. އޭނާގެ އަސްލު ނަމަކީ، ޖުލައިބީބް (ރަޟިޔައް ﷲ ޢަންހު) އެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް އެއްދުވަހަކު ޖުލައިބީބް ފެނިވަޑައިގެން ޙަދީޘް ކުރެއްވިއެވެ. "އޭ ޖުލައިބީބް އެވެ. ކަލޭގެ ޙާލު ކިހެނެއް ހެއްޔެވެ؟" ޖުލައިބީބް ދެންނެވިއެވެ. "އޭ ރަސޫލު ﷲ އެވެ. ކަލޭގެފާނަށް ވިސްނިވަޑައިގަންނަވާ ގޮތުގައި، ﷲގެ އިރާދަފުޅާއިއެކު، އަހަރެންނަށް ލިބޭނެ ހަމަ އެކަނި އަންހެނާއީ، ސުވަރުގޭގެ ޙޫރުލް ޢީނުން ތޯއެވެ؟" ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް ޖުލައިބީބް ދަންނަވަން އުޅުއްވި އެއްޗެއް ފަހުމުވެވަޑައިގަތެވެ.
އެއީ މި ދުނިޔޭގައި އޭނާއަށް އިންނާނެ މީހަކު ނުވާނޭ ވާހަކައެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެ. "ނޫނެކެވެ. މި ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އިންނާނެ މީހަކު ތިބާއަށް ލިބޭނެއެވެ. އިންޝާ ﷲ އެވެ." އެހެންކަމުން ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ދެންނެވިއެވެ. "އެވެނި މިވެނި މީހެއްގެ ގެއަށްގޮސް އަހާށެވެ. އެމީހުންގެ އަންހެން ދަރިއަކު އެބަހުއްޓެވެ." ޖުލައިބީބް ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އެންގެވި ގޮތަށް ކަންތައް ކުރެެއްވިއެވެ.
ނަމަވެސް، އެގޭގެ މީހުންގެ ރުހުމެއް ނުލިބުނެވެ. އެހެންކަމުން ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އެ ގެއަށް ވަޑައިގެން ޙަދީޘް ކުރެއްވިއެވެ. "ތިމަން ކަލޭގެފާނު، ތިބާގެ އަންހެންދަރިކަނބަލުންގެ ރުހުން ބޭނުމެވެ." އޭނާ ދެންނެވިއެވެ. "ﷲ އަކްބަރް އެވެ. ކޮންފަދަ ރިވެތިވެގެންވާ ޚަބަރެއްތޯއެވެ.
މިއީ އަހަރެމެންގެ ލޯތަކަށާއި ހިތްތަކަށް އަލިކަން ލިއްބައިދޭނެ ކަމެކެވެ. ސުބުޙާނަ ﷲ އެވެ." ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ތިމަން ކަލޭގެފާނަކަށް ނޫނެވެ.'' އޭނާ ދެންނެވިއެވެ. "ދެން ކާކަށްތޯއެވެ؟" ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ޖުލައިބީބް އަށެވެ." ހަމަ އެހިނދު އޭނާގެ ހިނިތުންވުން ފިލައިގެން ގޮސް ރުޅިވެރިކަމުގެ އަސަރުތަށް ފާޅުވެއްޖެއެވެ.
އަދި ބުންޏެވެ. "އޭނާގެ މަންމަގެ ބަހެއް މިކަމުގައި ހޯދުމުގެ ހުއްދަދެއްވާށެވެ." ދެން އޭނާ ގެއަށް ގޮސް ބުންޏެވެ. " ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަހަރުމެންގެ އަންހެން ދަރިފުޅު ދެއްވުމަށް އެދިވަޑައިގަންނަވައެވެ. '' އަންހެން ކުއްޖާގެ މަންމަ ބުންޏެވެ. "ﷲ އަކްބަރް އެވެ. ކިހާ ބޮޑު ޝަރަފެއްތޯއެވެ. އަހަރުމެންގެ ލޮލަށާއި ހިތައް ހަމަޖެހުން ގެނެސްދޭނެ ކަމެކެވެ. " އޭނާ ދެންނެވިއެވެ. "ނޫނެކެވެ. ރަސޫލު ﷲ އަކަށް ނޫނެވެ " އެ މަންމަ ބުންޏެވެ. "ދެން ކާކަށްތޯއެވެ؟" އޭނާ ދެންނެވިއެވެ. "ޖުލައިބީބް އަށެވެ. "
އެ މަންމަ ބުންޏެވެ. " ސުބުޙާނަ ﷲ އެވެ. އޭނާއަށް ވުރެ އެކަށީގެންވާ މީހުން އަހަރުމެންގެ ދަރިފުޅުގެ ކައިވެންޏަށް އަހާ އަހަރުމެން ދެކޮޅުހެދީމުއެވެ. ބޮޑު ޢާއިލާތަކުން ދަރިފުޅުގެ ކައިވެންޏަށް އެދި އައުމުން އަހަރުމެން އިންކާރު ކުރީމުއެވެ. އަދި މިހާރު، އަހަރެމެންގެ ތެރޭގައި ފެންވަރުގެ ގޮތުން ދަށުގެވެސް އެންމެދަށް މީހާ، އަދި އެންމެ ހުތުރު މީހާއަށް އަހަރެމެންގެ ދަރިފުޅު ދޭންވިތޯއެވެ؟ ނޫނެކެވެ! ނޫނެކެވެ! ނޫނެކެވެ! އާދޭސް ކޮށްފާ ބުނަމެވެ. "
(ނުނިމޭ)
ނޯޓް: މި ވާހަކަ ނެގިފައި މިވަނީ ޞަޙީޙް އަލް-މުސްލިމް އަދި އައް-ތިރްމިޛީ ގައިވާ ޞައްޙަ ޙަދީޘް ބަސް ފުޅުންނެވެ.