އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ނަމާދުގައި ޚުޝޫޢަތްތެރިވާނީ ކިހިނެއް؟

5 years ago

ކުޑަހުވަދޫ އޮންލައިން

ނަމާދުކުރާއިރު އިތުރު ފިކުރުތައް ގިނަވުމުގެ މައްސަލައަކީ މަދު މީހަކު މެނުވީ އެކަމުން ސަލާމާތްވެފައިވާ ކަމެއް ނޫނެވެ. ޚުޝޫޢަތްތެރިކަމާއެކު ނަމާދު ކުރެވެނީ އަޅުގަނޑުމެންގެ ތެރެއިން މަދު މީހަކަށެވެ. ޚުޝޫޢަތްތެރިކަން ގެއްލުމަށް މެދުވެރިކުރުވާ އެތައް ސަބަބެއް އެބަހުއްޓެވެ.


އޭގެތެރެއިން އެއްކަމަކީ ފާފަތަކެވެ. ފާއިގެ އަސުރު ހިތްތަކަށް ކުރެވެ. އަދި ހިތުގައި ފާފައިގެ އަސުރުތައް ހަރުލާފައި ހުރެއްޖެނަމަ ހިތުގައި ޚުޝޫޢަތްތެރިކަމެއް ނުހުންނާނެވެއެވެ. އެހެންކަމުން ނަމާދުގައި ޚުޝޫޢަތްތެރިވުމަށް އެދޭމީހާ އެންމެ އިސްކަމެއް ދޭންވީ ފާފަތަކުން އެއްކިބާވެ، ފާފަ ފުއްސެވުން އެދި ގިނަގިނައިން ދުޢާކުރުމަށެވެ. އިސްތިޣްފާރު ކުރުމަކީ ފާފަ ފުއްސަވައިދެއްވުމުގެ އަސާސީ އެއް ސަބަބެވެ.


ހަމައެފަދައިން ނަމާދުގައި ކިޔަވާ އާޔަތްތަކުގެ މާނަ އެނގުމާއި، އެ އާޔަތްތައް ކިޔަވާހިނދު އެއާމެދު ވިސްނުމާއި، ނަމާދުގެ ޛިކުރުތަކުގެ މާނަ ދަސްކޮށް މާނަ އެނގިގެން ހުރެ އެޛިކުރުތައް ކިޔުމަކީ ޚުޝޫޢަތްތެރިކަން ލިއްބައިދޭ ކަމެކެވެ. ނަމާދުގައި ކިޔާ ތަކެތީގެ މާނައާއިމެދު ނުވިސްނާނަމަ، ނަމާދު ކުރަން ހުންނަ މީހާގެ ފިކުރުތައް ހުންނާނީ ނަމާދުން ބޭރުގެ ކަންކަމާއި ދިމާލަށް މިސްރާބު ޖަހާފައެވެ. ވަޒީފާގެ ކަންކަމާމެދު، ނުވަތަ އާއިލީ ދިރިއުޅުމުގެ ވިސްނުމެއްގައެވެ. ނުނީ ކަމާނުބެހޭ އެވެސް ފައިދާއެއް ނެތް ބޭކާރު ފިކުރުތަކެއްގައެވެ.


ނަމާދުން ބޭރު ވިސްނުމާއި ފިކުރު ގެނުވާ އަނެއްކަމަކީ، ތިމާއަށް މިހުރެވެނީ ތިމާގެ ވެރި ރައްބު ތަބާރަކަ ވަތަޢާލާގެ ކުރިފުޅުމަތީގައިކަން ހަނދާން ނެތުމެވެ. އަދި ނަމާދަކީ އެ އިލާހުގެ މަތިވެރިކަން ބަޔާންކޮށް ކިޔޭ ދުޢާތަކަކާއި ޛިކުރުތަކެއްކަމުގައިވީހިނދު، އެފަރާތުގެ މަތިވެރިކަން ތިމާގެ ހިތުތެރެއަށް ގެނެސްގަނެވިފައި ނުވަތީއެވެ. އަދި ނަމާދުކުރާ މީހާއަށް އެކަލާނގެ ބައްލަވާވޮޑިގެންވާކަމާއި، ބަސްވަޙީކުރައްވައި މުޚާޠަބު ކުރައްވާކަން ތިމާއަށް ނޭނގޭތީއެވެ.


ނަމާދުގައި ފާތިޙާ ސޫރަތް ކިޔަވާހިނދު އެނަމާދު ކުރާ މީހަކާ މުޚާޠަބުކުރައްވައި މާތް ﷲ ބަސްވަޙީކުރައްވައެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. “ތިމަން ﷲ ގެ އަޅާއާއި ތިމަންރަސްކަލާނގެއާއި ދެމެދުގައި ނަމާދު ދެބަޔަކަށް ބައްސަވައިފީމެވެ.” ނަމާދު ކުރާމީހާ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ކިޔައިފިނަމަ މާތް ﷲ ވަޙީކުރައްވާނެއެވެ. “ތިމަން ﷲ ގެ އަޅާ ތިމަން ﷲ އަށް ޙަމްދު ކޮށްފިއެވެ.” އަދި الرَّحْمَنِ الرَّحِيمِ ކިޔައިފިނަމަ އެކަލާނގެ ވަޙީކުރައްވާނެއެވެ. “ތިމަން ﷲ ގެއަޅާ ތިމަން ﷲ އަށް ޘަނާ ކިޔައިފިއެވެ.” އަދި مَالِكِ يَوْمِ الدِّينِ ކިޔައިފިނަމަ އެކަލާނގެ ވަޙީކުރައްވާނެއެވެ. “ތިމަން ﷲ ގެއަޅާ ތިމަން ﷲ މަތިވެރިކޮށްފިއެވެ.” އަދި إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ކިޔައިފިނަމަ ވަޙީކުރައްވާނެއެވެ. “މިއީ ތިމަން ﷲ ގެ އަޅާ އާއި ތިމަން ﷲ އާއި ދެމެދުގައިވާ ބައެވެ. އަދި އޭނާ އެދިއްޖެކަމަށް އޭނާއަށް ދެއްވާނަމެވެ.” ދެން اهْدِنَا الصِّرَاطَ الْمُسْتَقِيمَ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلاَ الضَّالِّينَ ކިޔުމުން ވަޙީކުރައްވާނެއެވެ. “މިއީ ތިމަން ﷲ ގެ އަޅާއަށްވީ ބައެއް އަދި އޭނާ އެދުނުކަމެއް އޭނާއަށް ލިބޭނެއެވެ.” رواه مسلم


މި ޙަދީޘްގެ އިތުރުންވެސް ނަމާދުގުޅުންހުރި އަގުމާތް އެތައް ޙަދީޘްތައް ވާރިދުވެގެންވެއެވެ. އޭގެ ތެރޭގައި ވުޟޫ ފުރިހަމަކުރުމުގެ މާތްކަމާއި، ހިނގާފާއި މިސްކިތައް ދިޔުމާއި، ސުންނަތްނަމާދުތަކުގެ މާތްކަމާއި ސަޖިދާގައި ދުޢާކުރުމުގެ މާތްކަން ބަޔާންކުރައްވާފައިވާ ޙަދީޘްތައް ހިމެނެއެވެ.


މިނޫނަސްވެސް ނަމާދުކުރާއިރު ހިތުތެރޭގައި އުފެދޭ ނަމާދުގެ ބޭރުވިސްނުންތަކުން އެއްކިބާވުމަށްޓަކައި ކުރެވިދަނެ އެތައް ކަމެއް އެބަހުއްޓެވެ. އޭގެ ތެރޭގައި؛


ނަމާދުވަގުތައް އިންތިޒާރު ކުރުން

ކުރިޔާލައި ނަމާދަށް ތައްޔާރުވުން

ބަންގައަށް އިޖާބަދިނުން (ބަންގީގެ ލަފުޒުތައް ކިޔުން)

ބަންގި ދުޢާ ކިޔުމާއި ދުޢާ ކުރުން

ވުޟޫ ކުރުމުގެ ކުރިން ދަތް އުނގުޅުން

ވުޟޫ ފުރިހަމަކުރުން

ސުންނަތް ނަމާދުތައް ކުރުން

ނަމާދުގެ ރުކޫޢު ސުޖޫދުގައި ކިޔާ ތަފާތު ދުޢާތައް ދަސްކޮށް އެދުޢާތައް ކިޔުން

ނަމާދުގެ ފަހުގައި ކުރެވޭ ޛިކުރުތަކަށް ސަމާލުކަން ދިނުން

ނަމާދަށް ފަރުވާތެރިވެ ނަމާދުގައި ޚުޝޫޢަތްތެރިވުމަށް ވަޞިއްޔަތް ކުރަމެވެ.

އައްޝައިޚް ހަސަން މޫސާ ފިކްރީ

ކިޔުންތެރިންގެ ހިޔާލު