އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

އެމްޑީޕީގެ ޓިކެޓް އިބޫއަށް ދިނުމަށް ނިންމައިފި.

5 years ago

ކުޑަހުވަދޫ އޮންލައިން

އެމްޑީޕީގެ ރިޔާސީ ޓިކެޓު އެޕާޓީގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރ އިބްރާހީމް މުޙައްމަދު ސޯލިހު ( އިބޫ )އަށް ދޭން ނިންމައިފިއެވެ.


ރިޔާސީ ޓިކެޓް އިބޫއަށް ދޭން ނިންމީ މިހާރު އއ. އުކުޅަހުގައި ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައެވެ.


އިބޫއަށް ޓިކެޓްދޭން ހުށެހެޅި ހުށެހެޅުންފާސްވީ ކޮންގްރެސްގައި ބައިވެރިވި 791 މެންބަރުންގެ އިއްތިފާޤުންނެވެ. ރިޔާސީ ޓިކެޓް އިބޫއަށްދޭން ހުށެހެޅީ، ޕްރައިމަރީން ޓިކެޓް ކާމިޔާބުކުރާ ފަރާތަށް އިންތިޚާބުގައި ވަދަނުކުރެވޭނެ ޙާލަތެއްގައި ޓިކެޓްދޭނެ ފަރާތެއް ކަނޑައެޅުމުގެ ބާރު ކޮންގްރެސްއަށް ދިނުމަށްފަހުއެވެ.


އިބޫ ވިދާޅުވީ އޭނާ ވެގެންދާނީ ރައްޔިތުންގެ މީހަކަށް ކަމަށެވެ. އެއްވެސް މީހެއްގެ އަޅަކަށް އޭނާ ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އޭނާ ކުރިއަށްދާނީވެސް ރައްޔިތުންގެ އަޑު އައްސަވައިގެން ރައްޔިތުން ބޭނުވާ ގޮތަކަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


ހިންނަވަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާޙީމް މުޙައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓްދޭން އެމްޑީޕީ ކޮންގްރެސްއިން ފާސްކުރިއިރު، އިދިކޮޅު އިއްތިހާދުންވަނީ އެމްޑީޕީގެ ކެންޑިޑޭޓާއެކު ޖުމްހޫރީ ޕާޓީގެ ރަނިންގ މޭޓެއް ނެރުމަށް އެއްބަސްވެފައެވެ.


ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު