
ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
5 years ago
ދ.ކުޑަހުވަދޫގައި މިހާރުކުރިއަށްދާ އިންޓަރ އޮފިސް ފުޓްސަލް ޓޯނަމެންޓް 2018 ގެ، ފައިނަލުގެ ފުރަތަމަ ޖާގަ ދ.އަތޮޅު ހޮސްޕިޓަލުގެ ޓީމުން ހޯދައިފިއެވެ.
ރޭ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ފެނަކަ ކުޑަހުވަދޫ ބުރާންޗުގެ މައްޗަށް ކުރިހޯދީ ހޮސްޕިޓަލުގެ ޓީމުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުގައި 3-3 ގެ ނަތީޖާއަކުން ދެޓީމުވަނީ އެއްވަރުވެފައެވެ. މި މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނެލްޓީ ޖަހައިގެންނެވެ. މެޗުގެ މޮޅުކުޅުންތެރި އަކަށް ހޮވިފައިވަނީ ހޮސްޕިޓަރ ޓިމުގެ ޖާޒީ ނަންބަރު 17 އަޙްމަދު އަޒްމީލް(އަޒޭ) އެވެ.
ރޭ ކުޅުނު ދެވަނަ މެޗުގައި އެމް.އެން.ޑި.އެފް ޓީމުގެ މައްޗަށް ކުރިހޯދައި ފައިނަލުން ޖާގައެއް ހޯދީ ކުޑަހުވަދޫ ކައުންސިލުގެ ޓީމެވެ. މޮޅުކުޅުމެއް ދައްކަމުން އައި އަދި އިންޓަރ އޮފިސް މުބާރާތް މީގެ ކުރިން ކާމިޔާބު ކޮށްފައިވާ އެމް.އެން.ޑީ.އެފްގެ މައްޗަށް ފަހަތުން އަރައި ކައުންސިލުގެ ޓީމުންވަނީ ރޭގައި 4-3 ނަތީޖާއަކުން ކުރިހޯދައިފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކައުންސިލު ޓީމަށް 2 ގޯލު ކާމިޔާބު ކޮށްދިން އެޓީމުގެ ޖާޒީ ނަންބަރު 14 އަޙްމަދު ޝިނާޒް(ޝިނާ)އެވެ.
މި މުބާރާތުގެ ފައިނަލުމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މަދަމާރޭގައެވެ. ފައިނަލް މެޗުގައި ބައްދަލުކުރާނީ ދ.އަތޮޅޖ ހޮސްޕިޓަލުގެ ޓީމާއި ކުޑަހުވަދޫ ކައުންސިލުގެޓީމެވެ.