އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަކާއި ޖޭޕީގެ ރަނިންމޭޓެއް ނެރެނީ

5 years ago

ކުޑަހުވަދޫ އޮންލައިން

މިއަހަރު ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެމްޑީޕީގެ ބޭފުޅަކު ނެރެ އެބޭފުޅެއްގެ ރަނިން މޭޓަކަށް ޖޭޕީގެ ބޭފުޅަކު ނެރުމަށް މިރޭ ނިންމައިފިއެވެ.


ގުޅިފައިވާ ޕާޓީތަކުން ނެރެފައިވާ ބަޔާނެއްގައު ބުނެފައިވަނީ އެތައް ބައެއްގެ ގުރުބާނީއަށްފަހު ރާއްޖެއަށް ތައާރަފްކޮށްފައިވާ ޑިމޮކްރަސީ މިސަރުކާރުން މިހާރުވަނީ ފަނާކޮށް ވެއްޔާ މޮޑެލައިފައި ކަމަށެވެ. އަދި ދައުލަތް ހިންގުމުގެ ދުސްތޫރީ ނިޒާމްވެސް އެފަދައެވެ. ސަރުކާރުން ވަނީ އިންސާ ހައްގުތައްވެސް ނިގުޅައިގެންފައި ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ. އެހެން ކަމުން މިވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީ އާއި، އަދާލަތު ޕާޓީއާއި ރައީސް މައުމޫން ގުޅިވަޑައިގެން ކުރަމުންދާ މަސައްކަތުގައި އެ ޕާޓީތައް ތަމްސީލް ކުރުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކާއި ޖޭޕީގެ ރަނިން މޭޓަކުން ނެރުމަށް މިރޭވަނީ ނިންމަވައިފިއެވެ.


މިކަން އެގޮތަށް ޕާޓީތަކުން ނިންމެވުމުން ރައީސް ނަޝީދު ވަނީ މަރުހަބާއާއި ތަހުނިޔާ ވިދާޅުވެފައެވެ. އެގޮތަށް މަސައްކަތް ކޮށްފިނަމަ ޑިމޮކްރަސީ އަލުން އިޔާދަ ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު