
ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
5 years ago
ދީނީ ތަގުރީރު ދެއްވުމަށް ޝެއިހް އަލީ ޒައިދަށް ދޫކޮށްފައިވާ ލައިސެންސު ވަގުތީގޮތުން ހިފެހެއްޓުމަށްފަހު ދޫކޮށްލައިފިއެވެ.
މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހު ހިފެހެއްޓި ޝެއިހް ޒައިދު ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދޫކޮށްލާފައިވާކަން ޓުވިޓާ މެދުމެރިކޮށް ޝެއިހް ޒައިދުވަނީ އިއުލާން ކުރައްވާފައެވެ.
ޝައިހް ޒައިދު ޓުވިޓާ މެދުވެރިކޮށް ވަނީ އެކަމުގައި ހުރިހާ ގޮތަކުން އޭނާއަށް އެހީތެރިވި ހުރިހާ އެންމެނަށް ޝުކުރު އަދާކޮށްފައެވެ. އަދި އެ އުނދަގޫ ދަނޑިވަޅުގައި އޭނާ އަށް ހިތްވަރު ދިން ފަރާތްތަކަށް ޒައިދު ވަނީ ހެޔޮ ދުއާ ދަންނަވާފައެވެ."މިކަމުގައި އަޅުގަނޑަށް ހުރިހާ ގޮތަކުން އެހީތެރިވެދެއްވި އެންމެހާ ފަރާތް ތަކަށް ޝުކުރު ދަންނަވަން. އަދި މި އުނދަގޫ ދަނޑިވަޅުގައި އަޅުގަނޑަށް ހިތްވަރު ދެއްވި އެންމެހާ ފަރާތްތަކަށް ހެޔޮ ދުއާ. ހައްގު ވަނީ ހައްގައް." ޝައިހް ޒައިދު ވިދާޅުވިއެވެ.
ޝައިހް ޒައިދު ދުކޮށްފައިވާ ހުއްދަ ހިފެހެއްޓީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. އަދި އެކަމާ ގުޅިގެން ޝައިހް އަލީ ޒައިދު ވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
އިޖުތިމާއީ އަދި ސިޔާސީ ކަންކަމުގައި ޝައިހް އަލީ ޒައިދަކީ ފާޅުގައި ބަސް ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.