އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

6 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

6 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

6 years ago

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ފައިނަލަށް

7 years ago

ކުޑަހުވަދޫ އޮންލައިން

އެފްއޭއެމްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މައިލޯ އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގެ ބައިގެ ފައިނަލަށް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ދަތުރުކޮށްފި އެވެ.

ވިލާއިން ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ހޮނިހިރު ދުވަހު ދ. އަތޮޅު ތައުލީމީ މަރުކަޒާ ދެކޮޅަށް ކުޅުނު އެޓީމުގެ އެންމެ ފަހު މެޗް އެއްވަރުވެ، ޖުމަލް 8 ޕޮއިންޓް ހޯދުމުންނެވެ.

މުބާރާތުގެ 18 އަހަރުން ދަށުގެ ބައިގައި ވާދަކޮއްފައިވަނީ ފަސް ސުކޫލަކުންނެވެ. އެހެންކަމުން ލީގު އުސޫލުން ކުޅުމަށް ފަހު ފައިނަލަށް ދާނީ އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެޓީމެވެ.

ހޮނިހިރު ދުވަހު އަހުމަދިއްޔާ އަދި ސީއެޗްއެސްސީ ބައްދަލުކުރި މެޗު އެއްވަރުވެ، އަހުމަދިއްޔާ ވަނީ މުބާރާތުން ކަޓައިފަ އެވެ. މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. އަހުމަދިއްޔާ މުބާރާތުން ކެޓި ނަމަވެސް އެޓީމަށް އަދި 1 މެޗު ކުރިއަށް އެބަ އޮތެވެ. އެ މެޗުގައި 24 ވަނަ ދުވަހު އެޓީމު ނިކުުންނަން ޖެހޭނީ މުބާރާތުން ކަޓާފައިވާ އަރަބިއްޔާ ސްކޫލާ ދެކޮޅަށެވެ.

މެޗުގެ ހުރިހާ ލަނޑެއް ވެސް ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގެ ތެރޭގައެވެ. މެޗުގައ ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލުންނެވެ. މެޗުގެ 64 ވަނަ މިނެޓުގައި އެޓީމަށް މި ލަނޑު ކާމިޔާބުކޮއްދިނީ އަހަދުﷲ އަބްދުﷲ އެވެ. ނަމަވެސް މާ ގިނަ އިރުތަކެއް ނުވަނީސް ސީއެޗްއެސްސީއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އަދި 76 ވަނަ މިނެޓުގައި އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ވާއިލް އަލީ ހަސަން އެވެ.

ހޮނިހިރު ދަވަހު ކުޅުނު ދެވަނަ މެޗަށް ބަލާއިރު، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި ދ. އަތޮޅު ތައުލީމީ މަރުކަޒު ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނީ 2-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައި ވަނީ ވިލާއިންނެވެ. އެޓީމުގެ ދެ ލަނޑުވެސް ކާމިޔާބުކޮށްފައި ވަނީ ވަރަށް ކައިރި ކައިރީގަ އެވެ. ފުރަތަމަ ލަނޑު 32 ވަނަ މިނެޓުގައި އިޔާން އަހުމަދު ރަޝީދް ކާމިޔާބު ކޮށްދިންއިރު ދެ ވަނަ ލަނޑު 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހަންމަދު ޝަމްވީލް އެވެ.

ފުރަތަމަ ހާފު ވިލާއިން ނިންމާލީ ލީޑުގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފުގައި ދ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ ކުޅުން އިތުރަށް ވަރުދަގަ ކޮއްފައެވެ. އެގޮތުން 48 ވަނަ މިނެޓުގައި އެޓީމުން ލަނޑެއް ކާމިޔާބުކޮށް ލީޑު ހަނި ކުރިއިރު އެޓީމުން ނަތީޖާ އެއްވަރުކުރީ މެޗު ނިމެން ކައިރިވެފައި ވަނިކޮށެވެ. މި ލަނޑު މެޗުގެ ފަހު ވަގުތުގައި ކާމިޔާބުކޮށްދިނީ މުހަންމަދު ޝާޒީލް އެވެ.

މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ވާނީ 24 ވަނަ ދުވަހު ސީއެޗްއެސްސީ އާއި ދ. އަތޮޅު ތައުލީމީ މަރުކަޒު ބައްދަލުކުރާ މެޗުންނެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ވާއިރު އެ މެޗު އެއްވަރު ކޮއްލައިގެން ވެސް ދ. އަތޮޅު ތައުލީމީ މަރުކަޒަށް ފައިނަލުން ޖާގަ ލިބޭނެ އެވެ.


މަސްދަރު:ރާއްޖެ.މެއްވީ

ކިޔުންތެރިންގެ ހިޔާލު