
ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
5 years ago
ކުޑަހުވަދޫގެ އޮފީސްތަކަށް އަމާޒުކޮށްގެން ބާއްވަމުންއަންނަ އިންޓަރ އޮފީސްތަކުގެ ފުޓްސަލް ޓޯނަމެންޓް 2018 މިރޭ ފެށުމަށް ނިންމައިފިއެވެ.
22 ޖޫން އިން 1 ޖުލައި އަށް ކުރިޔަށް ގެންދާ މި މުބާރާތް އިންތިޒާމްކުރަން ނިންމާފައިވަނީ ކުޑަހުވަދޫ ކުއުންސިލުންނެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ 8 ޓީމަކުން ބައިވެރިވެފައިވެއެވެ. ދެ ގްރޫޕް އަކަށް ބަހާލައިގެން ކުޅޭނެ ޓިީމް ތަކަކީ ގްރޫޕް އޭގައި، ފެނަކަ ކުޑަހުވަދޫ، ދ.އަތޮޅު ތައުލީމީ މަރުކަޒު، ޕޮލިސް ކުޑަހުވަދޫ، އިއްތިހާދު 1 (ކައުންސިލް، މީރާ، ދިރާގު). އަދި ގްރޫޕް ބީ ގައި އެމްއެންޑީއެފް ކުޑަހުވަދޫ ޕޯސްޓް، ދ.އަތޮޅު ހޮސްޕިޓަލް، އިއްތިހާދު 2 (ބޭންކް، ކޯޓް، އެމްއާރުޑީސީ)، އިއްތިހާދު 3 (މޯލްޑިވިއަން، އެވްސްކޮމް، ދ.އެއަރޕޯރޓް) އެވެ. މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ކުޑަހުވަދޫ ޕްލިސް ސްޓޭޝަން ފުޓްސަލް ދަނޑުގައި އެވެ.
މި މުބާރާތަކީ ކުޑަހުވަދޫގައި ހުރި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި ދުޅަހެޔޮ ސިއްޙަތެއްގައި މުވައްޒަފުން ތިބުމަށް ބާރުއެޅުމުގެ ގޮތުން ކުޑަހުވަދޫ ކައުންސިލުން އިސްނަގައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.