އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 months ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 months ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 months ago

ވިޔަފާރި ގަޑިތައް ކުރީގެ އުސޫލަށް ބަދަލުކޮށްފި

5 months ago

ކުޑަހުވަދޫ އޮންލައިން

ފިހާރަތަކާއި ހޮޓާ ރެސްޓޯރެންޓް އަދި ކެފޭތައް ފަދަ ތަންތަން ހުޅުވާފައި ހުންނަ ގަޑިތަކާއި މުދާ އުފުލާ ވަގުތުތަކަށް ރޯދަ މަހަށް ގެނައި ބަދަލަށް ފަހު ކުރިއެކޭ ވެސް އެއްގޮތަށް މިއަދުން ފެށިގެން ބަދަލުކޮށްފި އެވެ.


ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ 7 ގެ ނިޔަލަށް ރޭގަނޑު 11:00 ޖަހަންދެން ފިހާރަތައް އަދި ހޮޓާ ރެސްޓޯރެންޓް ކެފޭފަދަ ތަންތަން މެންދަމު 3:00 ޖަހަންދެން ހުޅުވާފައިި ބެހެއްޓުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ދީފައިވެ އެވެ.


އެކަމަކު ރޯދަ މަހަށް ގެނައި ބަދަލަށްފަހު މިއަދުން ފެށިގެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ކުރިއެކޭ އެއްގޮތަށް ރޭގަނޑު 10:00 ޖަހަންދެން އަދި ހޮޓާ ރެސްޓޯރެންޓް އަދި ކެފޭތައް ހުޅުވާފައި ބެހެެއްޓޭނީ ދަންވަރު 1:00 ޖަހަންދެނެވެ.

ކިޔުންތެރިންގެ ހިޔާލު