އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ދަރިފުޅު ވިސްނުން ތޫނު ކުއްޖަކަށް ހެދުމަށް ކުރެވިދާނެ ކަންތައްތައް

5 years ago

ކުޑަހުވަދޫ އޮންލައިން

ދަރިފުޅު ވިސްނުން ތޫނު ކުއްޖަކަށް ހެދުމަކީ ކޮންމެ މަންމަ އެއް އަދި ބައްޕައެއްވެސް ދެކޭ ހުވަފެނެކެވެ. ތުއްތު ތުއްތު ދަރިފުޅު އެ ކުއްޖާގެ ފުރަތަމަ ބަސް ބުނުމުން ހިތަށް ވެރިވެގެންދާ އިހްސާސްތަކަކީ ބުނެދޭން ނޭނގޭ ހާވެސް އުފާވެރި އިޙްސާސްތަކެކެވެ. ކާން ދިނުމުގައި ސިކުނޑިއަށް ރަނގަޅު ކާނާ ކާން ދޭން އިސްކަންދެވެއެވެ. ދަރިފުޅަށް ކުޅޭ އެއްޗެއް ގަންނައިރުވެސް އެއްޗެއް އޭގެން ދަސްވާނެ ފަދަ އެއްޗެއް ގަނެވޭތޯ ވަރަށް ބެލެއެވެ. ހައްތާވެސް ދަރިފުޅު މޮޅު، ވިސްނުން ތޫނު ކުއްޖަކަށް ހެދުމުގެ އުއްމީދުގައެވެ. މިގޮތުން މި ހުވަފެން ހާސިލުކުރުމަށް ކުރެވިދާނެ ބައެއް ކަންކަމަށް އަލި އަޅުވާލަމާތޯއެވެ.


• ދަރިފުޅުގެ ނިދި ހަލާކުނުކުރުން

ދިރާސާއަކުން ދެއްކި ގޮތުގައި ރެއަކު އެންމެ ގަޑި އިރެއްގެ ނިދި މަދުވި ނަމަވެސް ކުއްޖާގެ ސިކުނޑިއަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. ކުޑަ ދަރިފުޅު ނިދާ ގަޑީގައި އެ ކުއްޖާގެ ސިކުނޑި ފުރިހަމައަށް ބޮޑުވެ އުފެދެއެވެ. ނިދާ ވަގުތު ކޮޅަކީ ސިކުނޑީގެ ދެ ފަރާތުގެ ގުޅުން ވަރުގަދަ ކުރާ ވަގުތު ކޮޅެވެ. ނިދި ބޭނުންވާ މިންވަރަށް ކުޑަ ދަރިފުޅަށް ލިބޭނަމަ އެކުއްޖާގެ ވާހަކަ ދެއްކުމާއި، ސަމާލުކަން ދޭ މިންވަރު އަދި އަމަލުތައް ކޮންޓުރޯލު ކުރުމުގެ ކުޅަދާނަކަން އިތުރުވެއެވެ.


• ދަރިފުޅު ހަރަކާތް ކުރާ މިންވަރު އިތުރުކުރުން

ހަރަކާތް ކުރާ މިންވަރު އިތުރުވުމުން ސިކުނޑި އާއި އެހެން ގުނަވަންތަކަށް ލޭ ދައުރުވާ މިންވަރު އިތުރުވެއެވެ. އަދި ހަނދާން ވަރުގަދަކޮށްދީ އުނގެނުމުގެ ޤާބިލިއްޔަތުކަން އިތުރުކޮށްދެއެވެ. ކުޑަ ދަރިފުޅަށް މަދުވެގެން ދުވާލަކު އެއް ގަޑިއިރަށް ވާވަރަށް ހަރަކާތް ކުރެވޭތޯ މައިންބަފައިން ޔަޤީން ކުރަންވާނެއެވެ. ދަރިފުޅާއެކު ކުޅެ ހެދުމުން މިކަން ވަރަށް ފަސޭހައިން ހާސިލްވާނެއެވެ.


• ދަރިފުޅާ ވާހަކަ ދެއްކުން

ދަރިފުޅާ ވާހަކަ ދައްކާނަމަ ކުއްޖާގެ ބަސްކޮށާރަ މުއްސަނދިވެ މީހުން ދައްކާ ވާހަކަ ނަގައިގަތުމަށް އެހީވެދެއެވެ. އަދި މި ފައިދާތަކުގެ އަސަރު ކުއްޖާގެ އުމުރުން އެންމެ 18 މަހުން ފެށިގެން ފެންނަންފަށައެވެ. ދަރިފުޅާ ވާހަކަ ދައްކާ ހެދުމުން ތުންފަތުގެ ހަރަކާތް، އަޑު އަދި ބަސް ކިޔުންތެރިކަން ދަސްވެއެވެ. ހަމައެއާއެކު ބަސްތައް ތަކުރާރުވާނަމަ ހަނދާން ރަނގަޅުވެ ބަސްތަކާއި ތަކެތި ގުޅުވަން އެނގެއެވެ.


• ސިއްހަތަށް ފައިދާހުރި ކާނާ ކެއުން

ސިކުނޑީއަށް ފައިދާ ހުރި ކާނާއަކީ ސިކުނޑި ވަރުގަދަކުރުމަށް ވަރަށް މުހިއްމު ފިޔަވަޅެކެވެ. މިގޮތުން މޭވާ، ފަތްޕިލާވެލި، ކިރުގެ ބާވަތްތައް، ބިސް އަދި މަދު ފަދަ ބާވަތްތައް ފާހަގަކޮށްލެވެއެވެ. މި ފަދަ ސިއްހަތަށް ފައިދާ ހުރި އެކި އެކި ކާނާ އެއްކޮށް ގެން ކާން ދިނުމުން ސިކުނޑިއަށް ފައިދާ ވުމުގެ އިތުރުން ކާލަން ވެސް މީރުވާނެއެވެ.


• ދަރިފުޅަކީ މީހުންނާ ރައްޓެހި ކުއްޖަކަށް ހެދުން

ކުޑަ ކުއްޖާ އަބަދުވެސް އޭނާ ވަށައިގެންވާ މާހައުލުން ކަންކަން ނަގައިގަނެ އާ އެއްޗެހި ދަސްކުރެއެވެ. އާއިލާ އާއި ރައްޓެހިންގެ މެދުގައި ދަރިފުޅު ގެންގުޅުމުން ތަފާތު މީހުންނާ ދިމާވެ ދަސް ވާ އެއްޗެހީގެ މިންވަރު އިތުރުވެއެވެ.


• ނިދާ ގަޑީގައި ވާހަކަ ކިޔައި ދިނުން

ދަރިފުޅު ނިންދަވާއިރު ވާހަކަ އާއި ލަވަ ކިޔައި ދިނުމަކީ ވަރަށް އާއްމު އާދައެކެވެ. އަދި ރަނގަޅުވެސް އާދައެކެވެ. މިގޮތަށް ކަންތައް ކުރުމުން ކުއްޖާއާ މައިންބަފައިންނާ އޮންނަ ގުޅުން ރަނގަޅުވުމުގެ އިތުރުން އައު ކަންކަން އަވަހަށް ނަގައިގަންނަން ސިކުނޑި ހޭނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ނިދާގަޑީގައި އެކުދިންނަށް ވާހަކަ ކިޔަދީ ހަދާ ކުދިންގެ ސިކުނޑީ މަސައްކަތް ކުރާ މިންވަރު އެގޮތަށް ވާހަކަ ކިޔާނުދޭ ކުދިންނާ އަޅާ ބަލާއިރު މާ ފުރިހަމައެވެ.


• ޤުދުރަތީ ރީތިކަން ފެންނާނެ ތަންތަނަށް ނެރުން

ގަސްތަކުތެރޭގަ އާއި މޫދު ކައިރީ ފަދަ ޤުދުރަތީ ތަންތަނުގައި ގިނައިން ވަޤުތު ހޭދަކުރާނަމަ ވިސްނުން ތޫނުކަން އިތުރުކޮށްދެއެވެ.

ޤުދުރަތީ ރީތިކަން ކުއްޖާއަށް ހިތްހަމަ ޖެހުން ގެނުވާ ސިކުނޑި ތާޒާ ކުރުވައެވެ.


• ދަރިފުޅު ބޭނުންވާ ގޮތެއް ހިޔާރު ކުރުމުގެ ފުރުސަތު ދިނުން

މައިންބަފައިން އެދޭނީ ދަރިފުޅަށް އަބަދުވެސް އެންމެ ރަނގަޅުގޮތެވެ. އަދި އެކުދިންނަށް އެންމެ ރަނގަޅު ނިންމުން ނަގައިދޭން އަބަދުވެސް މަސައްކަތްކުރެއެވެ. ނަމަވެސް ބައެއް ފަހަރު ދަރިފުޅު ބޭނުންވާ ގޮތެއް ހިޔާރުކުރުމުގެ ފުރުސަތު ދިނުމުން އެކުއްޖާގެ ވިސްނުން ތަނަވަސްވެއެވެ. ލާ ހެދުމުގެ ކުލަ ކަނޑައެޅުން، ނުވަތަ ކާނެ އެއްޗެއް ނިންމުން ފަދަ ކަންކަން ކުއްޖާއަށް ދޫކޮށްލުމުން ކުޑައިރުންސުރެ ރަނގަޅު ނިންމުން ނެގުމުގެ އާދަ ގައުގައި ހަރުލައެވެ.


• ގާތުން ކިރު ދިނުން

މައިމީހާގެ ކިރަކީ ސިކުނޑިއަށް ވަރަށް ފައިދާ ކުރަނިވި އެއްޗެކެވެ. ދަރިފުޅަށް އެއް އަހަރު ފުރެންދެން ގާތުން ކިރު ދިނުމުން ކުއްޖާގެ ސިއްހަތާއި ވިސްނުން ވެސް ރަނގަޅު ކޮށްދެއެވެ.


މި ހުރިހާ ކަމެއް މުހިއްމު ކަމުގައި ވީ ނަމަވެސް އެންމެ މުހިއްމީ މައިންބަފައިންގެ ލޯތްބާއި އަޅާލުމެވެ. އުފާވެރި ކަމުގެ ތެރޭގައި ބޮޑުވާ ކުއްޖެއް މޮޅު، ވިސްނޭ ކުއްޖެއްގެ ގޮތުގައި ބޮޑުވުމުގެ ފުރުސަތު މާބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު