އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 months ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 months ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 months ago

2018 ގެ އެންމެ ބެސްޓް ފޯނަކީ ސެމްސަން ގެލެކްސީ އެސް 9 ޕްލަސް

5 months ago

ކުޑަހުވަދޫ އޮންލައިން

2018 ގެ ފުރަތަމަ 6 މަސްދުވަހު ބާޒާރުގައި އެންމެ ގިނަބައެއްގެ މަޤުބޫލުކަން ލިބުނު 15 ސްމާޓްފޯން ގެ ތެރޭގައި އެންމެ މަޤުބޫލުކަމެއް ހޯދާފައިވާ ފޯނަކީ ސެމްސަން ގެލެކްސީ އެސް 9 ޕްލަސް ކަމަށް ޓެކްނޮލޮޖީގެ މަޝްހޫރު ސައިޓަކުން ހާމަކޮށްފިއެވެ.


ސްމާޓްފޯންގެ މާކެޓްގައި ވާދަވެރިކަމާއެކު އެކިބްރޭންޑްތަކުގެ ފޯނުތައް ހަލުވިކަމާއެކު ވިކެމުންދާއިރު އަދުގެ ޒުވާނުންގެ ލޯތައް އަމާޒު ހިފާފައި ހުންނަނީ އެއިރެއްގައި އެންމެ ގިނަބަޔަކު ބޭނުންކުރާ ނުވަތަ ދުނިޔޭގެ ބާޒާރުގައި އެންމެ މަޤުބޫލުކަން ހޯދާފޯންތަކަށެވެ. އެހެންނަމަވެސް އެންމެ އުނދަގޫކަމަކީ އެފޯނުތަކުގެ ރޭންކިންގ ދެނެގަތުމެވެ. އެކި ސައިޓްތަކުން އެކި ކުންފުނިތަކުން މި ރޭންކިން ނެރެނީ އެބަޔަކު ބޭނުންވާ ގޮތަކަށް އެމީހުންނަށް ފައިދާވާގޮތަކަށޭވެސް ބުނުމުގެ ފުރުޞަތު އެބައޮތެވެ.


ކޮންމެއަކަސް މިތާ މިބަޔާންކުރަނީ ސްމާޓްފޯނުގެ މައުލޫމާތާއި، މާކެޓްގައި އެފަދަ ފޯންތައް ރޯލްވަމުންދާ ގޮތުގެ ގިނަ ތަފާތު މައުލޫމާތުތަކެއް ފުޅާދާއިރާއެއްގައި ގެނެސްދޭ މަޝްހޫރު ވެބްސައިޓެއްކަމަށްވާ “ޓެކްރާޑަރ.ކޮމް” އިން ރޭންކް ކޮށްފައިވާ 15 ފޯންގެ ލިސްޓެކެވެ.


އެސައިޓްގައި ބުނާގޮތުން 2018 ގެ މިހާތަނަށް އެންމެ ގިނަމީހުން ބޭނުންކޮށްފައިވާ ސްމާޓްފޯނަކީ ނުވަތަ އެންމެގިނައިން ވިކިފައިވާ ފޯނަކީ ސެމެސަންގ ކުންފުނީގެ ފަހުގެ ފޯނެކެވެ. ޓެކްރާޑަރ.ކޮމް ގައި ބަޔާންކޮށްފައިވާ ލިސްޓް ތަރުތީބުން ތިރީގައި އެވަނީ އެވެ.


1 - ސެމްސަންގ ގެލެކްސީ އެސް 9 ޕްލަސް ( ދަ ބެސްޓް ފޯން 2018 )

2 - އައިފޯން އެކްސް ( އައިފޯން10 )

3 - ވާވޭ ޕީ 20 ޕްރޯ

4 - ސެމްސަންގ ގެލެކްސީ އެސް 9

5 - އެލްޖީ ޖީ7 ތިންކިޔޫ

6 - ގޫގުލް ޕިކްސެލް2 އެކްސެލް

7 - ވާވޭ މޭޓް10 ޕްރޯ

8 - ސެމްސަންގ ގެލެކްސީ ނޯޓް8

9 - ސެމްސަންގ ގެލެކްސީ އެސް 8 ޕްލަސް 

ވަންޕްލަސް 6

ސެމްސަންގ ގެލެކްސީ އެސް 8

އެލްޖީ ވީ30

ވާވޭ ޕީ20

ވާވޭ އޮނަރ10

އައިފޯން8 ޕްލަސް 

ކިޔުންތެރިންގެ ހިޔާލު