
ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
5 years ago
ޝައްވާލުމަހުގެ ހަރޯދައިގެ ތެރެއިން ތިން ރޯދަ، އަލްބީޟުގެ(ހަނދުމަހުގެ 13 14 15 ވަނަވަދުވަހުގެ) ރޯދައާ، އެއްނިޔަތެއްގައި ހިފައިފި މީހަކަށް އެކަމުގެ މާތްކަން ޙާޞިލުވާނެ ހެއްޔެވެ؟
އަޅުގަނޑުމެންގެ ޝައިޚު ޢަބްދުލްޢަޒީޒު ބުން ޢަބްދުﷲ ބުން ބާޒް رحمه الله އާ މިކަމާ ބެހޭ ގޮތުން އަޅުގަނޑު ސުވާލުކުރީމެވެ. ފަހެ ޖަވާބުގައި ޝައިޚު ވިދާޅުވީ:
އޭނާއަށް [އެކަމުގެ ޘަވާބު ލިބޭނެކަމަށް] އުންމީދުކުރެވެއެވެ. އެހެނީ އޭނާ ޝައްވާލުމަހުގެ ހަރޯދަ ހިފައިފިއެވެ. ހަމަ އެފަދައިން ހަމަކަށަވަރުން އޭނާ އަލްބީޟުގެ (ހަނދުމަހުގެ 13 14 15 ވަނަ ދުވަހުގެ) ރޯދަ ހިފައިފިއެވެ. އަދި ﷲ ގެ ފަޟްލުވަންތަކަން ތަނަވަސްވެގެންވެއެވެ.
އަދި ހަމަ މިމައްސަލާގައި ފަޟީލަތުއް ޝައިޚު މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله، އަޅުގަނޑަށް އަންނަނިވި ޖަވާބުދެއްވިއެވެ:
އާނއެކެވެ. ޝައްވާލުމަހުގެ ހަރޯދަ ހިފުމުން އަލްބީޟުގެ (ހަނދުމަހުގެ 13 14 15 ވަނަ ދުވަހުގެ) ރޯދަ އޭނާގެ ކިބައިން އަދާވީއެވެ. އެއީ އަލްބީޟުގައި (ހަނދުމަހުގެ 13 14 15 ވަނަ ދުވަހުގައި) ރޯދަ ހިފިނަމަވެސް ނުވަތަ އޭގެ ކުރިން ނުވަތަ ފަހުން ހިފިނަމަވެސްއެވެ. އެހެނީ އޭނާ މަހުގެ ތިން ދުވަހު ރޯދަ ހިފިމީހުންގެ ތެރެއިން ހިމެނުނީއެވެ. އަދި ޢާއިޝާ رضي الله عنها ވިދާޅުވިއެވެ.
((كَانَ النَّبِيُّ صلى الله عليه وسلم يَصُوْمُ ثَلَاثَةَ أَيَامٍ مِنْ كُلِّ شَهْرٍ لَا يُبَالِيْ أَصَامَهَا مِنْ أَوِّلِ الشَّهْرِ أَوْ وَسَطِهِ أَوْ آخِرِهِ )).
މާނައީ: “ނަބިއްޔާ صلى الله عليه وسلم ކޮންމެ މަހަކުވެސް ތިން ދުވަހެއްގައި ރޯދަ ހިއްޕަވައެވެ. ރޯދަ ހިއްޕަވަނީ މަހުގެ ކުރީކޮޅުގައިތޯ ނުވަތަ މެދުތެރޭގައިތޯ ނުވަތަ ފަހުކޮޅުގައިތޯ އެކަލޭގެފާނު ފަރުވާލެއް ނުބަހައްޓަވައެވެ.”
އެއީ ރަވާތިބު ސުންނަތްކުރުމުން ތަޙިއްޔަތުލް މަސްޖިދު އަދާވުންފަދަކަމެކެވެ. ފަހެ މީހަކު މިސްކިތަށްވަދެ ރަވާތިބު ސުންނަތެއް ކޮށްފިނަމަ އޭނާއަށް ތަޙިއްޔަތުލް މަސްޖިދު އަދާވީއެވެ…
والله أعلم .
މަސްދަރު : ދިސަލަފިއްޔާ