އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ކަސްތޮޅު އެޅުއްވި ޝައިޠާނުންތައް މިނިވަންވެއްޖެ - މިދުވަސްކޮޅު ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ!

5 years ago

ކުޑަހުވަދޫ އޮންލައިން

ބަރަކާތްތެރި ރަމަޟާން މަސް ނިމުނީއެވެ. ރަމަޟާން މަހަށް ކަސްތޮޅު އެޅުއްވެވި ބޮޑެތި ޝައިޠާނުންތައް ކަސްތޮޅުން ނެއްޓި ވީއްލުނީއެވެ. އެހެންކަމުން މިދުވަސްކޮޅު ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެއެވެ.

ރަމަޟާންމަހު މިސްކިތްތައް ފުރި މިސްކިތްތަކުގެ ބޭރުގައި ހަދަމުންދިއަ ސަފުތައް ނެތިގެން ދަނީ އެސަބަބަށްޓަކައެވެ. ބަންގި ގޮވުމުން މިސްކިތާއިދިމާއަށް ދާން ބޭނުންވާ މީހުންގެ ވިސްނުންވެސް ޝައިޠާނުންތައް ބަދަލުކުރުވާތީއެވެ. އަދި ފަހުން ކޮށްލި ނަމަވެސް ރަނގަޅުވާނެ ކަމަށްބުނެ މީސްތަކުން މަގުފުރައްދާތީއެވެ.

ރަމަޟާން މަހުގެ ރޯދަ ހިފުމަށްފަހު ޝައްވާލުމަހުން 6 ރޯދަ ހިފުމަކީ ގަދަވެގެންވާ ސުންނަތެއްގެ ގޮތުގައި ލެއްވެވީވެސް ހަމަ މާތް ﷲ އެވެ. ރަމަޟާން މަހު ރޯދަ ހިފިފަދައިން 6 ރޯދަ ނުހިފެނީ ކީއްވެގެން ހެއްޔެވެ؟ އެހައިމެ މަތިވެރި ސުންނަތެއް ދޫކޮށްލަން ހަމަ ބޭނުންވަނީ ހެއްޔެވެ؟ ނޫނެކެވެ. އެއީ ހަމަ އެއްގޮތަކަށްވެސް އެހެންވާކަމެއް ނޫނެވެ.

ކޮންމެ މުސްލިމަކުވެސް ބޭނުންވެގެން ހުންނާނީ ރަމަޟާން މަސް ނިމުމާއިއެކު، ރޯދައެއް ގެއްލިފައިވާނަމަ އެ ރޯދައެއް ވީހައި އަވަހަކަށް ހިފާށެވެ. އަދި 6 ރޯދަ ވެސް ހިފާށެވެ. ނަމަވެސް އެކަންކަން ނުކުރެވި ލަސްވެގެންދަނީ ހަމަ ޝައިޠާނުންތަކުގެ ސަބަބުންނެވެ.

ރަމަޟާން މަހު ކީރިތި ޤްރްއާން ކިޔެވުމަށް ދިން ސަމާލުކަން ދޫކޮށްލަންވެސް ބޭނުމެއް ނުވާނެއެވެ. ނަމަވެސް ހުރަސްތައް ކުރިމަތިވެ އެކަންވެސް ނުކުރެވިދަނީ ހަމަ ޝައިޠާނުންތަކުގެ ސަބަބުންނެވެ.

ވިސްނާށެވެ. ރަމަޟާން މަސް އައުމުން ރޯދަ ހިފަން ޞަހާބީން ކަމަރު ބަންނަވާ ފަދައިން ރަމަޟާން މަސް ފާއިތުވުމުން ކަމަރު ބަންނަވަނީ ރަމަޟާން މަހު ހިފި ރޯދަތަކާއި ކުރި އަޅުކަން މާތް ﷲ ޤަބޫލުފުޅު ކުރައްވަވާތޯ ދުޢާ ދެންނެވުމަށެވެ. އަޅުގަނޑުމެންނަށްވެސް ސަލާމަތްކަން އޮތީ ހަމަ އެގޮތަށް އެކަން ކުރެވިއްޖެ ނަމައެވެ.

ރަމަޟާން މަސް އައުމުން އަހަރެމެން އެންމެންވެސް ހަމަ ކަމަރު ބަންނަމުއެވެ. ރޯދަ ހިފުމަށާއި ވީހައި ގިނަ އަޅުކަންތައް ކުރުމަށެވެ. ރަމަޟާން މަސް ނިމުމަކީ އެކަމަރު މޮހެ އެއްލައިލަންޖެހޭ ސަބަބެއް ނޫނެވެ. އެގޮތަށް އެކަން ކުރަން ހެޔޮ ނުވާނެއެވެ.

ކަމަރަށް އިތުރަށް ވާންކުރަން ގަދައަޅައި މަސައްކަތްތައް ކުރާށެވެ. ނޫންނަމަ ޝައިޠާނުންތައް ފުރުޞަތުގެ ބޭނުން ހިފާނެއެވެ. ގަދައަޅައި މަސައްކަތްކޮށްގެން ރަމަޟާން މަހު ލިބިގަތްބައި ދަމައިގަންނާނެއެވެ! ކިތަންމެ ބޮޑު ޤްރްބާނީއެއް ވެގެން ނަމަވެސް ރަމަޟާން މަސް ފަދައިން ޝައްވާލު މަސް ނިމެންދެން ސާބިތުވެ ހުރެއްޖެނަމަ އެ ހޯދުނީ ވަރަށް ބޮޑު ކުރިއެރުމެކެވެ. ރަމަޟާން މަހު ހޯދި ތަރުބިއްޔަތުގެ ބިންގާ އެތައް ގުނައަކަށް އިތުރަށް ވަރުގަދަވެގެންދާނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -

ކިޔުންތެރިންގެ ހިޔާލު