
ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
5 years ago
ދިރާގުން ތައާރަފްކުރި “ލަވް ނޭޗާ” ނަމަކަށް ކިޔާ މިޗެނަލަކީ ގުދުރަތީ ރީތި މަންޒަރުތައް ހިތްގައިމު 4ކޭ ކޮލިޓީގައި ގެނެސްދޭ ޑޮކިއުމަންޓަރީ ޗެނަލެކެވެ.
4ކޭ ނުވަތަ އަލްޓްރާ ހައި ޑެފިނިސަން ޓެކްނޮލޮޖީ އަކީ މިހާރުގެ ސްމާޓް ޓީވީ ތަކުން ފެންނާނެ އެންމެ ފުރިހަމަ ކޮލިޓީއެވެ. ދިރާގު ޓީވީ އިން މި ތައާރަފް ކުރި ޗެނަލުން ގޭގޭގެ ސިޓިންގ ރޫމްތަކުން 4ކޭ ޓީވީތަކުގެ ފުރިހަމަކަން ތަޖްރިބާކޮށްލުވުމުގެ ފުރުސަތުލިބިގެން ދާނެއެވެ.
4ކޭ ޗެނަލެއް ތައާރަފް ކުރުމަކީ ދިރާގުން ރާއްޖޭގެ ކޭބަލް ޓީވީ މާކެޓް އިތުރު ހަރުފަތް ތަކަކަށް ގެންގޮސް ދިނުމަށް ކުރިއަށް އެޅި އެއްފިޔަވަޅުކަމުގައި ދިރާގުން ސިފަކުރެއެވެ. އަދި މީގެ އިތުރުންވެސް ދިރާގު ޓީވީގެ ހިދުމަތް އިތުރަށް ތަރައްގީ ކޮށް ފުރިހަމަ ކުރުމަށް އިތުރު މަސައްކަތްތައް ކުރިއަށް ގެންދާކަމުގައި އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
“ލަވް ނޭޗާ” ޗެނަލް ތައާރަފް ކޮށްފައިވަނީ ދިރާގު ޓީވީ އިންޓްރޯ ޕެކޭޖްގެ ބޯނަސް ޗެނަލެއް ގޮތަށެވެ. މިޗެނަލް ހަމައެކަނި ބެލުމުގެ ފުރުސަތު ލިބޭނީ ފައިބަރ ކަނެކްޝަނެއް މެދުވެރިކޮށް ދިރާގު ޓީވީ ހިދުމަތް ހޯތްދަވާ ފަރާތްތަކަށެވެ.
ފުރަތަމަ މިޗެނަލް ލިބިވަޑައިގަންނަވާނީ މާލެ އާއި މާލެ ކައިރީގައިވާ ފައިބަރ ކަނެކްޝަން ހުރި ރަށްތަކަށެވެ. މިއަހަރު ނިމުމުގެ ކުރިން ދިރާގު ފައިބަރ ކަނެކްޝަން ހުރި ކޮންމެ ރަށަކަށް މިޗެނަލް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ދިރާގު ޓީވީގެ އިންޓްރޑަކްޓަރީ ޕެކޭޖުގެ އަގަކީ މަހަކު އެންމެ 300 ރުފިޔާ އެވެ. މި ޕެކްޖްގައި 80 އަށް ވުރެ ގިނަ ޗެނަލް ފެންނާނެއެވެ.
ދިރާގު ޓީވީ މެދުވެރިކޮށް 4ކޭ ކޮންޓެންޓް ބެލުމަށް ވަކީ ހާއްސަ ޖޯއިބޮކްސްއެއް ގަންނާކަށް ނުޖެހޭނެއެވެ. މިވަގުތު ކުރިއަށްދާ ޕްރޮމޯޝަންގެ ތެރެއިން ދިރާގު ޓީވީ ގަންނަ ފަރާތްތަކަށް އެއްވެސް އަގަކާނުލާ ޖޯއިބޮކްސް ލިބޭނެއެވެ.
ދިރާގު ޓީވީގެ ހިދުމަތް ހޯދުމަށް ބޭނުންވާނީ ދިރާގު ބްރޯޑްބޭންޑް ކަނެކްޝަނެކެވެ. ޖޯއި ބޮކްސްގެ ޒަރީއާއިން ގޭގައި ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަރނެޓް އެލަވަންސްގެ އަސަރެއް ނުކުރާނެއެވެ. އަދި ހިދުމަތް ގުޅައި ދިނުމަށް ފަހު ދިރާގުގެ ނެޓްވާރކް މެދުވެރިކޮށް ދިރާގު ޓީވީގެ އެކައުންޓް ބޭނުންކޮށްގެން އެހެން ވަސީލަތްތަކުން ވެސް (ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން) ރާއްޖޭގެ ކޮންމެތަނެއްގައި ކޮންމެ ވަގުތެއްގައި ޓީވީ ބެލޭނެއެވެ.